English Edition
Dhivehi Edition

ފްރެންޑްސް ކްލަބުން އިންތިޒާމް ކޮށްގެން ފޭދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދާ ހައިޑްރޯ ފުޓްސެލް ކަޕް 2019 ގެ ހަތަރު ވަނަ މެޗުގައި ބައްދަލުކުރި އެފްސީ ޒެފިއަރ ވަނީ ގޯދިއްޔާއި އާއި ކުޅެ 5 ލަނޑު 03 ލަނޑުން މޮޅުވެފައެވެ.

ފުރަތަމަ ހާފްގެ 18 ވަނަ މިނެޓް ގައި އެފްސީ ޒެފިއަރ ވަނީ ފުރަތަމަ ގޯލް ޖަހާ ގޯދިއްޔާގެ ގޯލް ހުޅުވާފައެވެ. މެޗްގެ 40 މިނެޓް ކުޅެ ނިމުނު އިރު ދެ ޓީމުންވެސް ވަނީ ވަރަށް ވާދަ ވެރި ކުޅުމެއް ކުޅެފައެވެ.

ރޭގެ މެޗްގައި އެފްސީ ޒެފިއަރގެ ގޯލް ކާމިޔާބު ކޮށް ދީފައިވާ ކުޅުންތެރިންނަކީ މުޙައްމަދު އިންޝާލް (ޖ.10) ޒައްމަތު ބުޝްރީ 02 ގޯލް (ޖ17)، މުޙައްމަދު އާލިފް ފަހުމީ (ޖ7) އެވެ. ގޯދިއްޔާ އިން ވަނީ ބައި ކޮޅަށް 01 ގޯލް ޖަހާފައެވެ.

އަދި ގޯދިއްޔާއިން ގޯލްޖަހާފައި ވަނީ ވިޝާން ހަބީބު(ޖ8) ހުސައިން އައިކު(ޖ7)، އިބްރާހިމް އަލްޒަމް (ޖ10)އެވެ.

ގޯދިއްޔާ ޓީމުގެ ޖާރޒީ ނަންބަރ 17 މުޙައްމަދު އަޒާން އަށް ރީނދޫ ކާނޑެއް ދެއްކުނެވެ.

މިމެޗްގެ މޭން އޮފްދަ މެޗަަށް ހޮވުނީ އެފް.ސީ ޒެފިއަރގެ ޖާރޒީ ނަންބަރ:17 ޒައްމަތު ރުޝްދީ އެވެ.