English Edition
Dhivehi Edition

ހެޕީ މާރކެޓްގެ ހޯލްސޭލް ފީހާރައެއް ކ.ހިންމަފުށީގައި ހުޅުވައިފިއެވެ.

16 އެޕްރީލް 2016 ވަނަ ދުވަހު ހަވީރު ހިންމަފުށީގައި މިފިހާރަ ހުޅުވައި ދެއްވީ ހިންމަފުށީގެ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ހުސެއިން އަބްދު ރަޙްމާންއެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ހެޕީމާރކެޓްގެ ސީ.އީ.އޯ އަލީ އިހުސާން ވިދާޅުވީ މި ފިހާރަ ހުޅުވުމުގެ މައިގަނޑު ދެސަބަބެއް ވާކަމަށެވެ. އެއީ ހިންމަފުށްޓަކީ ހެޕީމާރކެޓް ކުންފުންޏާއި ވަރަށް ގާތް ރައްޔިތުން ދިރިއުޅޭ ރަށަކަށް ވުމާއި ހެޕީމާރކެޓް ގެ ފެންކުންފުނީގެ “ލައިފް” ފެން އުފައްދަނީ ހިންމަފުށީގައި ކަމަށް ވުމެވެ. އަދި އައްޑޫސިޓީ އާއި މާލެ ސިޓީ ފިޔަވައި މިއީ ރަށެއްގައި ހުޅުވުނު ހެޕީ މާރކެޓްގެ ފުރަތަމަ ފިހާރަކަމަށް އަލީ އިހުސާން ވިދާޅުވިއެވެ.

އިތުރަށް މައުލޫމާތު ދެމުން އިހުސާން ވިދާޅުވީ މިފިހާރައިން ހޯލްސޭލްކޮށް ލިބެން ހުންނާނީ އާއްމުކޮށް ހެޕީމާރކެޓް އިން ވިއްކާ މުދަލުގެ ބާވަތް ކަމަށެވެ. މިއީ ހިންމަފުށީ ވިޔަފާރިވެރިންނަށް ކޮލެޓީކޮށް މުދާ ހެޔޮ އަގެއްގައި ފޯރުކޮށް ދިނުމުގެ މަގުސަދު ގައި ހުޅުވުނު ފިހާރައެއް ކަމަށާއި ހިންމަފުށީ ފިހާރައިން ވިއްކާ މުދަލުގެ އަގު ހުންނާނީ މާލެއިން ވެސް ވިއްކާ މުދަލާ އެއްއަގެއްގައި ކަމަށް އިހުސާން ވިދާޅުވިއެވެ.

ހެޕީ މާކެޓް އަކީ އަގުހެޔޮކޮށް ކޮލެޓީމުދާ ހޯލްސޭލްކޮސް ވިއްކާ ކުންފުންޏެކެވެ.