English Edition
Dhivehi Edition

ފްރާންސްގެ ލީގުގައި ރޭ ލީގުގެ އެއްވަނާގައި އޮތް ޕީއެސްޖާއާއި ލީގުގެ ދެވަނާގައި އޮތް ލިލް ބައްދަލުކުރި މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް ރޭގެ މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދަން މެޗަށް ނިކުތް ޕީއެސްޖީ ޕީއެސްޖީ ލަދުގަންނަވާލައިފި އެވެ.

ވަރުގަދަ ސްކޮޑަކާއި އެކު ބޮޑު ހަރަދެއް ކޮށް މިސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށް ނިކުތް ޕީއެސްޖީ ރޭގެ މެޗުން ބަލިވީ 5-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ރޭގެ މެޗުން ބަލިވުމުން އަގު ބޮޑު މިވަގުތު ދުނިޔޭގައި ތިބި މޮޅެތި ކުޅުން ތެރިން ހިމެނޭ ޕީއެސްޖީގެ ޓީމަށް ބޯޑެތި ވަނީ ފާޑު ކިޔުން އަމާޒު ވަމުން ދާއިރު އެ ޓީމް ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓަ ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި 3-0 ލަނޑުން ދެވަނަ ލެގުގައި ބަލިވެ މުބާރާތުން ކަޓާފައެވެ.

ރޭގެ މެޗުން ބަލިވެ ޗެމްޕިއަންކަން ހޯދުމަށް ޕީއެސްޖީ އިތުރަށް އިންތިރާޒުކުރަން ޖެހިފައިވާއިރު ލީގުގައި ޕީއެސްޖީ މިވަގުތު އެއްވަނާގައި އޮތީ ކުޅުނު 31 މެޗުން 81 ޕޮއިންޓް ހޯދައިގެންނެވެ.ދެ ވަނައިގައި ލިލް އޮތީ 64 ޕޮއިންޓާއެކު އެވެ.

ޕްރާންސް ލީގުގައި ރޭ މިދެ ޓީމް ކުޅުނު މިމެޗުގެ ފުރަތަނަ ހާފްގައި ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިމެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ލިލްއިން ނެވެ.މިލަނޑަކީ ޕީއެސްޖީގެ ތޯމަސް މެނިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޕީއެސްޖީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ހުއާން ބާނާޓް އެވެ.

ރޭގެ މެޗުގެ ފުރަތަަމަ ހާފްއާއި ހިލާފައަށް ލިލްއިން ވަނީ ދެވަނަ ހާފްގައި ޕީއެސްޖީގެ ގޯލައަށް ދެވަނަ ހާފްގައި ގިނަ ހަމަލާތަކެއް އުފައްދައި ދެވަނަ ހާފްގައި ހަތަރު ލަނޑު ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ދިފާއު ކުރަން ނިކުތް ޕީއެސްޖީ ސިއްސުވާލާފައެވެ.ޕީއެސްޖީއަށް މައްސަލަ ކުރިމަތިވީ، އެ ޓީމުގެ ހުއާން ބާނާޓް އަށް ރަތް ކާޑު ދައްކުމުންނެވެ. އަދި އެ ޓީމުގެ ތޯމަސް މެނިއާއަށްވެސް މެޗުގެ ކުރީކޮޅު އަނިޔާވެގެން ބަދަލު ކުރަން ޖެހުމަކީ ވެސް ޕީއެސްޖީއަށް ކުރިމަތިވި މައްސަލައެކެވެ.

ދެވަނަ ހާފްގައި ރޭ ލިލްގެ ލަނޑުތައް ކާމިޔާބު ކުށްދިނީ ނިކޮލަސް ޕެޕޭ، ޖޮނަތަން ބަމްބާ، ގެބްރިއަލް އަދި ހޯޒޭ ފޮންޓޭ އެވެ.

ފުރަތަމަ ހާފުގައި، ޕީއެސްޖީގެ ތަރި ކިލިޔަން އެމްބާޕޭ ދެ ގޯލް ޖެހި އެވެ. އެހެންނަވެސް އެ ދެ ގޯލްވެސް ބަލައި ނުގަތީ އޮފްސައިޑް ކަމަށް ނިންމުމަށް ފަހު އެވެ.