ސާރާ އަލީހާން މިހާރު ކުޅެމުން އަންނަ ފިލްމް “ލަވްއާޖްކަލް2” ގެ ޝުޓިންގ ތެރެއިން ދިއްލީގެ މަގުމަތީގައި، ކޯ-ސްޓަރ ކާތިކް އާއެއްކޮށް ހެލްމެޓް ނާޅާ ސައިކަލް ދުއްވި މައްސަލައިގައި އޭނާ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައި ވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
ލަވްއާޖްކަލް 2 ގެ ޝޫޓިންގ ކުރިއަށް ދިޔަވަގުތު ބަޔަކުވަނީ ސާރާ އާއި ކާތިކް ސައިކަލްގައި ދަނިކޮށް ފެނިގެން އެވީޑިއޯ އިންޓަރނެޓްގައި ވައިރަލްކޮށްފައެވެ. އެވީޑިއޯ އަށް އިންޑިއާގެ އެތައްހާސް ބަޔަކު ދިޔައީ ނުރުހުންފާޅުކޮށް މެސެޖް ކުރަމުންނެވެ. ކާރތިކް ހެލްމެޓް އަޅައިގެން އިންއިރު ސާރާ ނާޅާހުރީ ކީއްވެގެންތޯ އެތައްބަޔަކު ސުވާލު އުފައްދާ އިންޑިއާގެ އެކި އެކި ފުލުސް ސްޓޭޝަންތަކަށް ވީޑިއޯ ޓެގްކޮށް އެމައްސަލަ ބަލައިދިނުމަށް ސޯޝަލް މީޑިއާގައި އަޑު އުފުލިއެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި މިހާރު ދިއްލީ ޕޮލިސްޓޭޝަނުން ދަނީ މިމައްސަލަ ބެލުމަށް ތައްޔާރުވަމުންނެވެ. އަދި ސާރާ ފުލުހަށް ހާޒިރުވުމަށް ޗިޓްފޮނުވާފައި ވާނެކަމަށް ވެސް ދިއްލީޓްރެފިކް ޕޮލިސް އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ. އެހެން ނަމަވެސް މިފިލްމް އުފައްދާފަރާތުންވެސް އަދި ސާރާގެ ފަރާތުންވެސް މިމައްސަލަ އަށް އަދި ވާހަކަ ދައްކާފައި ނުވެއެވެ.
އުމުރުން 23 އަހަރުގެ ސާރާ އާއި 28 އަހަރުގެ ކާރތިކް ގެ ކެމިސްޓްރީ އަކީ މިވަގުތު ފޭނުން އެންމެ ކަމުދާ އެއް ކެމިސްޓްރީ ކަމަށް ވުމާއެކު ސާރާގެ އެތައް ފޭނުން ދަނީ މިދެތަރިން އެކުގައިކުޅޭ މި މިފިލްމް ރިލީޒް ވާނެ ދުވަހަކަށް އިންތިޒާރު ކުރަމުނެނެވެ. ދާދި ފަހުން ކަރަންޖޯ ހަރު ގެ ޝޯވް އެއްކަމަށްވާ “ކޮފީ ވިތު ކަރަން” ގައި ސާރާވަނީ ކާރތިކް އަކީ އޭނައަށް ވަރަށް ކަމުދާ މީހެއްކަމަށް ބުނެފައެވެ.
ލަވް އާޖްކަލް 2 އަކީ ސާރާއަލީ ހާންގެ ބައްޕަ ސައިފް އަލީހާން އަދި ދީޕިކާ ޕްޑްކޯން 2009 ވަނަ އަހަރު ކުޅެފައިވާ ފިލްމް “ލަވްއާޖްކަލް” ގެ ސީކުއެލް އެކެވެ. މިފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ 2020 ވަނައަހަރު ފެބްރުއަރީ 14 ވަނަދުވަހުއެވެ.