English Edition
Dhivehi Edition

ދިވެހިރާއްޖޭގައި ރައީސަކާއި ބޮޑު ވަޒީރަކު ހުރުން މުހިންމު ކަމަށާއި،ރާއްޖެ އަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ ގޮނޑި ކާމިޔާބް ކުރެއްވުމަށްފަހު ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން އެމަނިކުފާނުގެ އިތުރުން އެމްޑީޕީއިން އަބަދުވެސް ބޭނުންވެފައިވަނީ ރާއްޖޭގައި ބަރުލާމާނީ ނިޒާމެއް އޮތުންކަމަށާއި އެކަން ނިންމަވާނީ ރައީސް ސޯލިހު ކަމަށެވެ. ރާއްޖެ އަށް ބޮޑުވަޒީރަކު ބޭނުންވާ ކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވީ އެބަދަލު އަންނާނެ އިރެއް އަދި ނޭންގޭ ކަމަށެވެ. “އެކަން ނިންމާނީ ރައީސް ސޯލިހާ ޕާޓީ އާއި ރައްޔިތުންނާ ވެސް މަޝްވަރާ ކުރެވިގެން” ނަޝީދް ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިިދާޅުވީ މިވަގުތު ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވިސްނުންފުޅެއް ރައީސް ސޯލިހް ނުގެންގުޅެއްވާ ކަމަށެވެ. އެއީ އެމަނިކުފާން މިވަގުތު އިސްކަން ދެމުން އަންނަނީ ރައްޔިތުން ނަށް ކޮށްދެއްވަން ވައުދުވެފައިވާ ކަންކަމަށެވެ. “ރައީސް ސޯލިހް ކުރައްވަން ނިންމަވާފައި ހުރި މައިގަނޑު ކަންކަން ކުރައްވަން ވަގުތު ދެއްވަން ޖެހޭ” ރައީސް ނަޝީދް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ނަޝީދުއިތުރަށް ވިދާޅުވީ މިވަގުތު ރައީސް ސޯލިހް، ނިޒާމު ބަދަލު ކުރުމަށް ވުރެ ކުރަން މާ މުހިންމު ކަންކަން އެބަހުރި ކަމަށެވެ.

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެސްފިނަމަ ބޮޑުވަޒީރުގެ މަގާމަށް އަންނަން ޝައުގުވެރިކަން ހުންނެވިތޯ ސުވާލު ކުރުމުން އެސުވާލާ ސީދާ ޖަވާބު ނުދިންނަމަވެސް އެމަނިކުފާނު ވިދާޅުވީ ސިޔާސީ ހަރަކާތްތަކުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

ރާއްޖޭގައި އޮންނަންވާނީ ބަރުލަމާނީ ނިޒާމް ތޯ ނޫނީ ރިޔާސީ ނިޒާމްތޯ ބެލުމަށްޓަކައި ރައްޔިތުންގެ މެދުގައި 2007 ހަތްވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓަޓަކުން އެ ވޯޓްގެ ނަތީޖާ ދެއްކީ ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ.