English Edition
Dhivehi Edition
މީދޫ ކަޅިބިތް ފަރާތް ރޯވެ އަންދަމުންދަނީ--ފޮޓޯ: ހާލިސާ އޭއޯނިއުސް

އައްޑޫސިޓީ މީދޫ ފުއްޓާރު ފަރާތުން ދަނޑުބިން ސަރަހައްދުގައި އަލިފާން ރޯވެއަނދަމުން އެބަދެއެވެ.

އެ ސަރަހައްދަކީ މީހުން ދިރިއުޅޭ ގެތައްހުންނަ ދިމާލާ ދުރު ހިސާބެކެވެ. ލަފާވާގޮތުގައި އެސަރަހައްދުގައި ރޯވީ މީހަކު ދަނޑު ހައްދާބިން ސާފުކުރުމަށް އަލިފާން ރޯކުރުމުންނެވެ. ރޯވި އަލިފާންގަނޑު ދަނީބާރުމިނެއްގައި ފެތުރެމުންކަމަށް އެސަރަހައްދުގައި މިވަގުތު ހުރި އޭއޯނިއުސްގެ ޖާނަލިސްޓް މައުލޫމާތު ދެއެވެ.

ރޯވިއަލިފާންގަނޑު ނިއްވަން ހުޅުމީދޫ ޕޮލިސްގެ އިތުރުން ރެޑްކްރެސެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރޯވި ސަރަހައްދުގައި ހުރިމީހަކު އޭއޯނިއުސް އާވާކަދައްކަމުން ބުނީ އެމްއެންޑީއެފް އަށް މިހާދިސާގެ މައުލޫމާތު ދީފައިވާނެ ކަމަށެވެ. އަދި އެމައުލޫމާތު ދިންތާ އެއްގަޑިއިރު ވެދާނެކަމަށާއި އަދިވެސް އެމްއެންޑީއެފް އަށް މީދުއަށް ނާދެވޭކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު އޭއޯނިިއުސް އަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ، މިހާރު އެމްއެންޑީއެފް އިންމީދޫ ގެ ރޯވި ސަރަހައްދަށް ދިޔުމަށް ގަމުން ފުރާފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން އަލިފާންގަނޑު މިހާރު ނިއްވާލާފައެވެ. މިހާދިސަގައި އެއްވެސްމީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.