English Edition
Dhivehi Edition

މިއަދު ކުރިއަށް ގެންދާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓުލާ ގަޑި އިތުރުކޮށްފިއެވެ.

އީސީން ވޯޓުލުމުގެ ގަޑި އިތުރު ކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:00 އާއި ހަމައަށެވެ.

މިކަން ހާމަކޮށް ދާދި ދެންމެއަކު އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ވޯޓުލުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެގައި ދެ ގަޑިއިރު އިތުރު ކުރަން އެ ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.

އީސީން ވިދާޅުވެފައިވަނީ މި ދުވަސްވަރު މޫސުންހުރި ގޮތުން ހޫނުގަދަވުމުގެ ސަބަބުން ވޯޓުލާން އަންނަ މީހުން މަދުވެދާނެ ކަމަށްޓަކައި މިއަދު ހަވީރު 6 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައިކަމަށެވެ.

ވޯޓުލުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިޔަށް ގެންދިއުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ ހެނދުނު 8:00 އިން ފަށައިގެން ހަވީރު 4:00 އާއި ހަމައަށެވެ.