English Edition
Dhivehi Edition
ގއ. ވިލިނގިލީގައި ވޯޓުލުން ކުރިއަށްދާ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް މިޑީއާ

މިއަދު ކުރިއަށް ގެންދާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެންއައްޑޫސިޓީގެ ފޭދޫން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިފުލުހުން މައުލޫމާތު ދެއްވައިފިއެވެ.

އިންތިޚާބަށް ޚާއްޞަކޮށްގެން ފުލުހުން ކުރިއަށް ގެންދާ “ބުލޫޓައިޑް” އޮޕަރޭޝަން ގައި ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް މި މީޙުންގެ ގެންގޮސްފައިވަނީ މިއަދު މެންދުރު ފަހުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފޭދޫ 3 މީހުންގެ އިތުރުން ގއ. ވިލިނގިލިން ވެސް ވޯޓު ކަރުދާސް ފޮޓޯ ނެގި މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ އެންމެނަކީވެސް ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ހުރިހާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންގެންދަވާއިރު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އާންމު ހަލަތު ރަނގަޅުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.