English Edition
Dhivehi Edition

ލިޔުނީ:އަލްމާ އަލީ

ސ.ފޭދޫ ސްކޫލުގެ ޔޫ.ކޭ.ޖީ އަދި އެލް.ކޭ.ޖީ ކުދިން ފޭދޫ ބޯޅަދަނޑު ސާފުކޮށްފިއެވެ. 4 އެޕްރީލް 2019 ވަނަ ދުވަހު ހެނދުނު 08:15-07:00 ކުރިޔަށް ދިޔަ މި ހަރަކާތުގައި 98 ކުދިންނާއި 7 ޓީޗަރުން ބައިވެރިވިއެވެ.
އޭއޯ ނިއުސް އަށް މައުލޫމާތު ދެމުންލީޑިންގ ޓީޗަރ ޖުނައިދާ އަހުމަދު ވިދާޅުވީ ސާފުކުރުމުގެ މި ހަރަކާތަކީ މި ގުރޭޑް ކުދިން މިހާރު ކިޔަވަމުން އަންނަ ތީމް، ގޯގްރީން ގެ ދަށުން ހިންގުނު ހަރަކާތެއް ކަމަށެވެ. އަދި މި ކަމުގެ މަޤުސަދަކީ ކުދިންނަށް ކިޔަވައިދެމުންދާ ތީމްގެ ތެރެއިން ތަންތަނަށް ކުނިއެޅުމުގެ ގެއްލުނެ ދަސްކޮށްދިނުމެވެ. އަދި ޕްލާސްޓިކް އިން ލިބޭ ގެއްލުން ކިޔައިދީ ހޭލުންތެރިކޮށް ކުދިންގެ ފަރާތުން އެހެން މީހުންވެސް ހޭލުންތެރިކުރުމެވެ.
މި ހަރަކާތް ނިންމާލުމަށްފަހު ހަރަކާތުގައި ބައިވެރިވި ކުދިންވަނީ ފޭދޫ ބޯޅަދަނޑު ބޭނުންކުރާ ފަރާތްތަކަށް ކުޑަ މެސެޖްއެއް ދީފައެވެ. ފޯސްޓަރ އެއްގައި ” ސްމޯލް ހޭންޑް ކޭން މޭކް އަ ޗޭންޖް ވައި ނޮޓް ބިގް ހޭންޑްސް” ލިޔެ ފާރުގައި ތަތްކޮށްފައެވެ.
މިކުދިންގެ އެދުމަކީ ބޯޅަދަނޑު ބޭނުންކުރާ ފަރާތްތަކުން އެތަން ސާފުކޮށް ރީތިކޮށް ބޭއްވުމެވެ.