English Edition
Dhivehi Edition
ހުޅުދޫގައި ކުރިއަށް ގެންދިޔަ ބޮޑޫ ހިލަ ޖެއްސުމުގެ މަޝްރޫއުގެ ތެރެއިން: ފޮޓޯ ލުބްނާ، އޭއޯނިއުސް

އައްޑޫސިޓީގެ ހިތަދޫ އަދި މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މިރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތްކުރުމަށް ބޭނުންވާ އެންވަޔަރަންމަންޓްގެ ލިޓަރޭޗާ ރިވިއު، އެންވަޔަރަންމަންޓަލް ބެތިމެޓްރިކަލް އަދި ހައިޑްރޮލޮޖިކަލް ސާވޭ، މަސައްކަތާ ގުޅޭ ޑޭޓާ ނެގުން، ފީސިބިލިޓީ ސްޓަޑީ ހެދުން، ކޮންސެޕްޓް އިންޖިނިއަރިން ޑިޒައިން، ޑިޒައިން ރިޕޯޓް، ކުރެހުން ސެޓް، ބިލް އޮފް ކުއަންޓިޓީޒް، ސްޕެސިފިކޭޝަން އާއި އީއައިއޭގެ މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

މިމަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އެ މިނިސްޓްރީގެ ވެބްސައިޓްގައި މިމަހުގެ އަށްވަނަ ދުވަހު އާންމުކުރާނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

ޓީއޯއާރް އާއި އެއްގޮތަށް ޝަޢުގުވެރިކަން ފާޅުކުރުމުގެ ދައުވަތު ، ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް ލިބިގެންވާ ކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދިނުމަށް ކަމާ ގުޅޭ ލިޔުންތައް ހުށަހަޅަންވާނެ ކަމަށްވެސް އިއުލާންގައިވެ އެވެ. މި މަސައްކަތުގެ އީއޯއައި އިވެލުއޭޓްކުރާއިރު ކޮންސަލްޓަންސީ ކުންފުނިން މަސައްކަތްކުރަމުން އައިސްފައިވާ މުއްދަތާއި، ވަގުތު ލިބޭ ގޮތާއި، ވަސީލަތްތައް ލިބެންހުރި ގޮތާއި އަދި މަސައްކަތުގެ ދާއިރާގައި ކުންފުނީގެ ތަޖުރިބާއަށް ބަލާނެ ކަަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

މިމަސައްކަތައް ޝައުއުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވެނެއެވެ. ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ޖެހުމުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އީމެއިލް ކުރުމަށްވެސް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އައްޑޫސިޓީގެ ހިތަދޫ އަދި މީދޫގެ އިތުުރުން ތ. އަތޮޅުގެ ދެ ރަށް ކަމަށްވާ ބުރުންޏާއި، ވަންދޫއާއި، މ. އަތޮޅުގެ ތިން ރަށް ކަމަށްވާ ދިއްގަރާއި، ކޮޅުފުށްޓާއި މުލަކުގައި ވެސް މި މަސައްކަތް ކުރުމަށް ބޭނުންވެގެން ވަނީ އިއުލާންކޮށްފައެވެ.