އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ އާއި ކާޑިފް ސިޓީ ބައްދަލު ކުރި މެޗުން މޮޅުވެ މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.
ލީގުގައި ރެ މި ދެ ޓީމު ކުޅުނު މެޗު މެންޗެސްޓަ ސިޓީ ކާމިޔާބުކޮށްފައިވަނީ 2-0 ލަނޑުގެ ތަފާތަކުންނެވެ.
ރޭގެ މި ނަތީޖާ އާއި އެކު ސިޓީ އެއް ވަނަ އަށް އެރީ 32 މެޗުން 80 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ.ތިން ވަނާގައި 32 މެޗުން 64 ޕޮއިންޓް ހަމަކޮށްގެން ޓޮޓެންހަމް އޮތް އިރު އާސެނަލް ހަތަރު ވަނައިގައި އޮތީ 31 މެޗުން 63 ޕޮއިންޓާ އެކު އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗުގައި ސިޓީގެ ފަރާތުން ވަރުގަދަ މޮޅު އެެޓޭގިން ގޭމެއް ފެނިގެން ގޮސްފައިވާއިރު މިމެޗުގައި ސިޓީއިން ކާމިޔާބުކުރި ފުުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ހަ ވަނަ މިނިޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ.ސިޓީގެ ދެވަނަ ލަނޑުފުރަތަމަ ހާފުގެ ފަހު މިނިޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ލެރޯއި ސާނޭ އެވެ.
ރޭގެ މެޗުގައި ސިިޓީގެ ފަރާތުން ފުރަތަމަ ހާފްގައި އާއި ދެވަނަ ހާފްގައި މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ސިޓީގެ ފަރާތުން ދެވަނަ ހާފްގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މެޗުގައި ޓީމްގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމެއް ކަމަށާއި ގިނަ ބަދަލުތަކާއި އެކު ވެސް ނަތީޖާ ނެރެވުމުން ހިންހަމަ ޖެހޭކަމަށެވެ.