English Edition
Dhivehi Edition

ހޮނިހިރު ދުވަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން ނިންމާ ގޮތަކުން، އުއްމީދުކުރި އަދި ބޭނުންވި ބަދަލުތައް ގެނައުމަށް ހުރަސްއެޅިދާނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މަނަދޫ ދާއިރާ އަށް ވާދަ ކުރައްވާ އަހުމަދު ހާރޫންގެ ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގައި އާ ވެރިކަމަކަށް ރައްޔިތުން ޖާގަ ދިނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެކަމަކު މަޖިލީސް އިންތިޚާބުގައި ނަތީޖާ ނުކުންނަ ގޮތަކުން އެ ނިންމުމަށް އަސަރުކޮށްފާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“އެންމެ ވޯޓަކީ ވެސް މުހިއްމު އެއްޗެއް. އަދި މަޖިލީހުގައި އިންނަ އެންމެ މެމްބަރަކީ ވެސް މުހިއްމު މެމްބަރެއް. އެހެންވެ ހޮނިހިދު ދުވަހުގެ ނިންމުން ވަރަށް ސާފުވާން ވާނެ،” ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވަރަށް ވިސްނުންތެރިކަމާއެކު ވޯޓު ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންނެވިއެވެ.