English Edition
Dhivehi Edition

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން މަޖިލީސް އިންތިހާބަށް ތައްޔާރުކުރި ‘ އެޖެންޑާ19’އަށް ވިލިމާލޭ ދާއިރާގެ މެމްބަރު ނިހާން ހުސައިން މަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ފައިސަލް ކެމްޕެއިން ޖަލްސާގައި ނިހާންވަނީ އެމްޑީޕީން ހަދައިގެން އުޅޭ ސިޔާސަތަކީ “ޗިޗަންޑާ 19” ކަމަށް ސިފަކުރައްވާފައެވެ. މީގެ އިތުރުން ނިހާން ވިދާޅުވީ އެޖެންޑާ19އަކީ ހަކަތައެއް ނެތް، މަކަރުވެރި ސިޔާސަތެއް ކަން ދިވެހިން ދަންނަން ޖެހޭ ކަމަށެވެ.

އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ނިހާން ވިދާޅުވީ މަޖިލިހަށް ބޭބެ، ކޮއްކޮ، ދައްތަ ނުވަތަ ކާފަ ފޮނުވަން ނުޖެހޭ ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްކޮށް ބަހުގެ ހަމަލާތައް ދެއްވަމުން ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ޖާގަ ދޭން ޖެހޭނީ ބިނާ ކުރުވަނިވި ފިކުރަށް ކަމަށާއި މަޖިލިހުގައި ފަނާކުރުވަނިވި ފިކުރަށް ޖާގަ ދޭން ނުޖެހޭނެކަމަށެވެ.