ލިޔުނީ އައިޝަތު އިނާން އަޒުހާރު/މަރަދޫފޭދޫ ސްކޫލް
މަރަދޫފޭދޫސްކޫލްގައި ބައިނަލް އަޤުވާމީ އޯޓިޒަމް ދުވަސް އިއްޔެ ފާހަގަ ކޮށްފިއެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލްގައި ހާއްޞަ އެސެމްބްލީ އެއް ވަނީ ބާއްވާފައެވެ. ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުން އަދި ޕްރިންސިޕަލް ބައިވެރި ވި މި އެސެމްބްލީގައި އެއިމްސް ކުލިނިކުގެ މަސައްކަތް ކުރައްވާ އެތެރެހަށީގެ ޑޮކްޓަރ ކަމަށްވާ އަބްނާ އަބޭހޯ ވަނީ ދަރިވަރުންނަށް އޯޓިޒަމް އާއި ބެހޭ މަޢުލޫމާތު ދެއްވަވާފައެވެ.
އޯޓިޒަމް ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ އޯޓިޒަމް އާއި ބެހޭގޮތުން ޢާންމުގެ މެދުގައި ހޭލުން ތެރިކަން އިތުރު ކުރުމެވެ. އަދި އޯޓިޒަމް ހުންނަ ކަމަށް ފާހަގަވާ ކުދިންނާއި މެދު މުޖުތަމަޢު ދެކޭގޮތް ބަދަލު ކުރުމާއި އެކުދިންނަށް ހުރި ގޮން ޖެހުންތައް ނައްތާލުމުގެ މަޤްޞަދު ގައެވެ.
އޯޓިޒަމް އާއި ބެހޭގޮތުން އެސެމްބްލީގައި ޑޮކްޓަރ ވިދާޅުވީ އޯޓިޒަމް އަކީ ކުއްޖާ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލެއެއްކަމަށެވެ. އަދި ސިކުނޑިއަށް ކުރިމަތިވާ އުނިކަމެއްކަމާއި ، އޯޓިޒަމް ކުރިމަތިވާ ޙަޤީޤީ ސަބަބު ހޯދިފައެއް ނެތް ކަމަށް ޑޮކްޓަރ ވިދާޅު ވިއެވެ. އަދި މީގެ އިތުރަށް އޯޓިޒަމް ކުއްޖެއްގެ ކިބައިން ފެންނާނެ ޢަލާމާތް ތަކަކީ ކޮބައިކަން ވެސް ހާމަ ކޮށްދެއްވިއެވެ.
ބައިނަލް އަޤުވާމީ ގޮތުން ފާހަގަ ކުރާ އޯޓިޒަމް ދުވަހަކީ އެޕްރީލް މަހުގެ ދެވަނަ ދުވަހެވެ. މިދުވަސް ފާހަނގަ ކުރުމުގެ ގޮތުން ރާއްޖޭގެ ސްކޫލްތަކުގައި ތަފާތު ޙަރަކާތްތައް ހިންގައެވެ.