English Edition
Dhivehi Edition

ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން އޭއޯ އިން ކުރިއަށް ގެންދިޔަ “ކޮވިޑް ޓޭލްސް” ކުރެހުމުގެ މުބާރާތުގެ އެއްވަނަ އއ.ފެރިދޫ ރޭޝަމްގެ އައިޝަތު ލިއުސާ އަލީ ހޯދައިފިއެވެ.

އެޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތުގެ 2 ވަނަ ހޯދާފައިވަނީ ސ. ފޭދޫ ރަންދޯދިގޭ އަޙްމަދު އިޒްޔާން ފަޒީލްއެވެ. އަދި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ ސ. ފޭދޫ ރާޒްދާން ރާއިއާ ރަޝީދެވެ.

މި މުބާރާތުގައި މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމުލަ 529 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ވާޗުއަލްކޮށް ރޭ ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި \މުބާރާތުގައި އެންމެ މަތިން މާކުސް ހޯދި 10 ދަރިވަރުންގެ ނަން ވަނީ އިއުލާންކޮށްފައެވެ.

އޭއޯ އިން ކުރިއަށް ގެންދިޔަ މި މުބާރާތަކީ ކޮވިޑް 19 އާއި ގުޅިގެންފުރަބަންދުގައި ތިބި އިރު “ޕެންޑަމިކް” ހާލަތެއްގައި، އިޖުތިމާއީ ގައިދުރުކަމެއްގައި ކަންތައްތައް ކުރަން ޖެހޭ އެންމެ ރަނގަޅު ގޮތާއި އަދި ދަރިވަރުން ގޭގައި ތިބެގެން ހުސްވަގުތު ހޭދަކުރާ ގޮތް ދައްކުވައިދޭ، ހަމަ އެހެންމެ ސްކޫލަށް ނުދެވި ގޭގައި ދަރިވަރުން ތިބި އިރު ހުސްވަގުތު ބޭނުންތެރި ގޮތުގައި ހޭދަކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ.

މި މުބާރާތުގެ އެންމެ މޮޅު 3 ވަނަ ހޮވާފައިވަނީ ގަދަ 10 އަކަށް ހޮވޭ ކުރެހުންތަކުގެ ތެރެއިން އެންމެ މޮޅު 3 ކުރެހުމެވެ. މުބާރާތުގައި ވަނަ ހޮވުމުގައި ބަލާފައިވަނީ ބައިވެރިކުރި ކުރެހުންތަކަށް ފަނޑިޔާރުން ދެއްވި މާކުހާއި ސޯޝަލް މީޑިއާގައި ލިބުނު މާކުސްއަށެވެ. މި މުބާރާތުގެ ފަނޑިޔާރުންނަކީ އަޙްމަދު ޝިފާއު އަދި މިއުސަން މުޝްތާގެވެ.

މި މުބާރާތުގެ ސްޕޮންސަރުންނަކީ މަލްޓި މާޓް އަދި ގޯދި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑެވެ.

ކުރެހުމުގެ މުބާރާތުގެ އިތުރުން އޭއޯ އިން ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގުރުއާން މުބާރާތުގެ ނަތީޖާ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ވެސް މިހާރު ވަނީ ހަމަ ޖައްސާފައެވެ.

.