English Edition
Dhivehi Edition
އާބަންކޯއިން އޯޓިޒަމް ކުދިންނަށް ބޭއްވި ރޯދަ ވީއްލުމުގެ ތެރެއިން/ފޮޓޯ އާބަންކޯ

އަރބަންކޯއިން ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރުގެ ކުދިންނާއެކު ޚާއްސަ ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

އެކުންފުނިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮމިއުނިޓީ ރޯދަ ވީއްލުން މިއަހަރު އަމާޒު ކުރީ އޯޓިޒަމް ސެންޓަރުގެ ކުދިންނަށެވެ.

އެގޮތުން މިރޯދަ ވީއްލުމުގައި އޯޓިޒަމް ސެންޓަރުގެ ކުދިންނަށާއި ބެލެނިވެރިންނަށާއި އަދި އެ ތަނުގެ މުވައްޒަފުންބައިވެރިވިއެވެ.

ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އާބަންކޯއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރޯދަވީއްލުންތަކުގެ ތެރެއިން މި އަހަރު ބޭއްވި ރޯދަވީއްލުމުގައި އޯޓިޒަމް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ 192 ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާއި އަދި 40 މުވައްޒަފުން ބައިވެރިވިއެވެ.

ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ރޯދަ ވީއްލުމުގައި މަޝްހޫރު ރޮބޯމޭންގެ ހަރަކާތްތަށްވެސް ވަނީ ދައްކާލައިފައެވެ.

އާބަންކޯ އިން ބުނީ، މި ހިނގާ އޭޕްރިލް މަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއާނެސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަސް ކަމަށްވެފައި، އެ ކުންފުނީގެ ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ޚާއްސަކުރީ އެ މަސް ފާހަގަކުރުމަށް ބާއްވާ ޙަރަކާތެއްގެ ގޮތުގައި ކަމަށެވެ.