English Edition
Dhivehi Edition

ލިޔުނީ: ރާހިލް ރިއްފަތު/ޝަމްސުއްދީން ސްކޫލް

މޫސުމާއިގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ޝަމްސުއްދީން ސްކޫލްގެ ގްރޭޑް 4 ގެ ދަރިވަރުން ތަޖުރިބާގެ ދަތުރެއް މެޓް އޮފީހަށް އިއްޔެ ކޮށްފިއެވެ. މިދަތުރުގައި ގްރޭޑް 4 ގެ ދަރިވަރުންގެ ތެރެއިން 20 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

ދަރިވަރުން މެޓް އޮފީހަށް މިކުރި ދަތުރަކީ މޫސުމާއި ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން މޫސުން ބެލުމަށް ބޭނުންކުރާ ތަފާތު އާލާތްތަކާއި ބެހޭ މައުލޫމާތު ހޯދުމާއެކު އެތަކެތި ބަލާލުމުގެ މަގުސަދުގައި ކުރި ދަތުރެކެވެ.

މިދަތުރުގެ ސަބަބުން މޫސުމާއި ގުޅޭ ތަފާތު މައުލޫމާތު ދަރިވަރުންނަށް އުނގެނުމުގެ އިތުރުން އެ އާލާތްތަކުގެ ނަންތައް އެނގި އޭގެ ބޭނުން ކުރާނެ ގޮތްތައް ވަރަށް ރަނގަޅަށް އެނގިގެން ދިޔަކަމަށް ދަރިވަރުން ވަނީ ފާހަގަ ކޮށްފައެވެ.

މެޓްއޮފީހުގެ ފަރާތުން ތަފާތު މުވައްޒަފުން ދަރިވަރުންނަށް މައުލޫމާތު ދިނުމުގައި ހަރަކާތްތެރިވެފައިވެއެވެ. އެހެންކަމުން، މުވައްޒަފުން ދަރިވަރުންނަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ސްކޫލުގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.