ބޮލީވުޑްގެ އެކްޝަން ޑައިރެކްޓަރ ޝާމް ކުޝާލްގެ ދަރިފުޅު ވިކީ ކުޝާލް މިހާރު ހުރީ ހުސްކޮށް ކަމަށާއި އޭނާ މީހަކާއި ލޯބީގެ ގޮތުން ގުޅެން ތައްޔާރު ކަމަށް ބުނެފިއެވެ.
2012 ވަނަ އަހަރު ބޮލީ ވުޑަށް ތައާރަފްވިއުމުރުން 30އަހަރުގެ ވިކީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އިންޑިއަން އެކްޓްރެސް އަދި ޑާންސަރ ހާރްލީން އާއެވެ.
އިންޑިއާގެ ސިކުންގެ އާއިލާއަކަށް ނިސްބަތް ވާ ހާލީން އާއި ވިކީ ރުޅިވީ ބޮލީވުޑްގެ މަޝްހޫރުތަރި ކެޓްރީނާ ކައިފް އާ ވިކީއާއި ގާތްގުޅުމެއް އުފެދުމުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. ދާދިފަހުން ވިކީ ދިން އިންޓަވިއުއެއްގައި މީހަކު އޭނަ ހުސްތޯ ކުރި ސުވާލަށް ޖަވާބް ދެމުން ބުނެފައިވަނީ އޭނާ މިހާރު ހުރީ ހުސްކޮށް ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ބައިވެރިޔަކު ހޯދާނެކަމަށެވެ.
ވިކީ މިވަގުތު ހުސްކޮށް ހުރިކަމަށް ބުނަމުންދާއިރު އޭނައާއި ކެޓްރީނާ އާއި ގުޅުމެއް ވާކަމަށް ބައެއް މީހުންދަނީ ތުހުމަތު ކުރަމުންނެވެ. ކައިރި މުސްތަގުބަލެއްގައި ވިކީ ބައިވެރިޔަކު ހޯދަނެ ކަމަށް ބުނާއިރު ކެޓްރީނާ މީގެ ކުރިން ބުނެފައިވަނީ އޭނަ އުޅެނީ ލޯބީގެ ގޮތުން މީހަކައި ގުޅިގެން ކަމަށެވެ. ނަމަވެސް މިހާތަނަށް ކެޓްރީނާ އޭނަގެ ލޯބިވެރިޔާގެ ނަން މީޑިއާގައި ހިއްސާކޮށްފައި ނުވެއެވެ.
2019 ވަނައަހަރު ބޭއްވި ފިލްމް ފެއާ އެވޯޑްގައި ބެސްޓް ސަޕޯޓިންގ އެކްޓަރ ގެ އެވޯޑް ހާސިލްކޮށްފައި ވާ ވިކީ އެންމެ ފަހުން ފެނިގެންދިޔައީ 2019 ޖެނުއަރީ މަހު ރިލީޒްވި ފިލްމް “ދަ ސާޖިކަލް ސްޓްރައިކް” އިންނެވެ.