English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.

ބައިނަލް އަޤުވާމީ އޯޓިޒަމް ދުވަސް ހުޅުދޫ ސްކޫލްގައި އިއްޔެ ފާހަގަކޮށްފިއެވެ.

މިދުވަސް ސްކޫލްގައި ފާހަގަ ކޮށްފައިވަނީ ޚާއްސަ އެސެމްބްލީއެއެްގެ ގޮތުގައެވެ. މިއެސެމްބްލީ ކުރިއަށް ގެންދިޔައީ ސްކޫލްގެ ހުރިހާ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިކޮށްގެންނެވެ.

އޯޓިޒަމް ކުދިންނަށް އެއްބާރުލުންދީ ސްކޫލްގެ ހުރިހާ މުވައްޒަފުން ތިބީ އެކުދިންނާއި އެކީކަން ހާމަ ކުރުމުގެ ގޮތުން ސްކޫލްގެ ހުރިހާ މުވައްޒަފުން ތިބީ ނޫކުލައިގެ ހެދުމެއްގައެވެ.

އ

މިޚާއްސަ އެސެމްބްލީ ކުރިއަށް ގެންދިޔައީ ގްރޭޑް 6 ގެ ދަރިވަރުންނާއި ގްރޭޑް 1 ގެ ދަރިވަރުން ގުޅިގެންނެވެ. އެގޮތުން ގްރޭޑް 6ގެ ދަރިވަރުން ދުވަހާއި ގުޅޭ ގޮތުން ތަފާތު މައުލޫމާތު ދިންއިރު ގްރޭޑް 1 ގެ ދަރިވަރުން ދުވަހާއި ގުޅޭ ލަވައަކަށް ހަރަކާތްެތެރިވިއެވެ.

މީގެ އިތުރުން، ޕްރިންސިޕަލް ނާޒުނީން ޢަބްދުﷲ ދީދީ ވަނީ އޯޓިޒަމް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ތަފާތު ގޮތްތަކާއި ގުޅޭގޮތުން، އެސެމްބްލީގައި ބައިވެރިވި ދަރިވަރުންނަށް މަޢުލޫމާތު ދެއްވާފައެވެ.

ދުވަހާއި ގުޅޭގޮތުން ކުރިއަށް ގެންދެވުނު މިޚާއްސަ އެސެމްބްލީގެ ސަބަބުން އޯޓިޒަމް އާއި ބެހޭގޮތުން ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެގެންދާނެކަން ކަށަވަރެވެ.

 

 

 

ޓެގު