ބޮލީވިުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުހާން ބޮލީވިޑްގެ ތަރިސައިފް އަލީ ޚާން އާއި ކައިވެނިކުރަން އެއްބަސްވީ ތިންވަނަފަހަރަށް އެދުމުން ކަމަށް އޭނާ ބުނެފިއެވެ.
އުމުރުން 38 އަށް އަހަރުގެ ކަރީނާޓީވީ ޝޯވް އެއްގައި ބުނީ، އޭނާވަނީ ސައިފް ކައިވެންޏަށް އެދުމުން ދެފަހަރު ނޫނެކޭބުނެފައި ކަމަށާއި ނަމަވެސް ތިންވަނަ ފަހަރު އާނއެކޭ ބުނެ އެއްބަސްވި ކަމަށެވެ. ރައްޓެހިވެގެން 5 އަހަރުވަންދެން އުޅުނުއިރު ޕެރިސް އަށް ޗުއްޓީ ހޭދަކުރުމަށް މިދެތަރިން ދިޔަދިޔުމެއްގައި “ބަރ” އެއްގެ ތެރޭގައި ހުރެ ސައިފް ކައިވެންޏަށް ފުރަތަމަ ފަހަރު އެދުނުކަމަށް ކަރީނާ ބުންޏެވެ. އެފަހަރު ނޫނެކޭ ބުނެ ދޫކޮށްލީ އެވެ. ނަމަވެސް ހަމަ އެދަތުރުގައި ދެވަނަފަހަރަށް ސައިފް ކައިވެންޏަށް އެދުމުން ކަރީނާ ވަނީ އެވާހަކަ ދެންނުދެއްކުމަށް އެދިފައި ކަމަށް ކަރީނާ ޓީވީ ޝޯވް ގައި ބުންޏެވެ.
ކަރީނާ ޝޯވްގައި ބުނެފައިވަނީ ސައިފް ކައިވެނިކުރަން އެދުނުނަމަވެސް އޭނާ އެވަގުތު ވިސްނަމުން ދިޔައީ އޭނަގެ ކެރިޔާއާއިމެދުގައި ކަމަށެވެ. “ސައިފް އަހަންނާ ކައިވެނި ކުރަން ޕްރޮޕޯސް ކުރި ދެފަހަރު، އެހެން ނަމަވެސް ކެރިއާއާމެދު ވިސްނާފައި ޖަވާބްދިނީ ތިންވަނަފަހަރަށް އެދުމުން” ކަރީނާ ބުންޏެވެ.
ކަރީނާ އާއި ސައިފް ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ. ކައިވެންޏަށްފަހު މިދެތަރިންގެ ދިރިއުޅުމަކީ އެހެން ތަރިންނާ ހިލާފަށް ބޮލީވިޑްގައި ނަމޫނާ ދިރިއުޅުމެއް އުޅެމުން އަންނަ ދެތަރިންނެވެ. ދެތަރިންވެސް ފިލްމީދާއިރާގައި މަސައްކަތް ހުއްޓާލާފައި ނުވާއިރު ކަރީނާގެ އަލަތު ދަރިފުޅު ވިހެއުމަށްފަހު ވެސް ދަނީ ފިލްމް ތަކުގައި މަސައްކަތް ކުރަމުންނެވެ.
ސައިފްވަނީ މީގެކުރިން އޭނައަށް ވުރެ 13 އަހަރު ދޮށީ ފިލްމީތަރި އަމްރީތާ ސިންގް އާއި 1991 ވަނަ އަހަރު ކައިވެނިކޮށްފައެވެ. މިކައިވެންޏަށް ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައެވެ. އެއީ ސާރާއަލީ ހާން އައި އިބްރާހިމް އަލީ ހާންއެވެ.މިދެތަރިން ގެ ކައިވެނި ރޫޅުނީ 2004 ވަނަ އަހަރުއެވެ. ސައިފްއަށް ކަރީނާ އާއި ކައިވެނިކޮށް ވަނީ 2އަހަރުގެ ފިރިހެން ކުއްޖަކު ލިބިފައެވެ.
ކަރީނާ ކަޕޫރު މިހާރު މަސައްކަތް ކުރަމުންދަނީ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރް ގެ “ގުޑްނިއުސް” ގައެވެ. މިފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ 6 ސެޕްޓެމްބަރ 2019 އިގައެވެ.