English Edition
Dhivehi Edition

ލިޔުނީ: އަބްދުﷲ ވަހީދު/

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗް.އާރު.އެޗް) ގައި މަސައްކަތް ކުރައްވަމުން ގެންދެވި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު މުހައްމަދު އަލީ މުހައްމަދު ، ފޭދޫ ގައި ހުންނަ އައްޑޫ މެޑިސިޓީއަށް ބަދަލުވެއްޖެއެވެ.

މެޑިސިޓީގެ އޮފިޝަލަކު މައުލޫމާތު ދެެއްވި ގޮތުގައި އެޕްރީލް މަހުގެ އެއް ވަނަ ދުުވަހުން ފެށިގެން ޑރ. އަހުމަދު ވަނީ މެޑިސިޓީގެ ޓީމާ ގުޅިފައެވެ. އަދި މި މަހުގެ ތިނެއް ވާ ބުދަ ދުވަހުން ފެށިގެން އާއްމުކޮށް ބަލިމީހުން ބައްލަވަންޑރ އަޙްމަދު ފައްޓަވާނެއެވެ.

ޑރ. އަހުމަދު ވިދާޅުވީ މެޑިސިޓީ އަށް ބަދަލުވާން ނިންމެވީ، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު މެޑިސިޓީގައި ލިބިގެން ދާނެތީއެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ވިހެއުމާއި ސިޒޭރިއަން ހެދުމުގެ އިތުރުން ދަރިމައި ވުމުގައި ތަފާތު މައްސަލަތައް ދިމާވާ ފަރާތްތަކަށް ކުރާ ފަރުވާތަކަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ތިން އަހަރަށް ވުރެ ގިނަ ދުވަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ފަހު އެ ހޮސްޕިޓަލަުން ވަކިވެ ވަޑައައިގެންނެވި އިރު ޑރ. އަހުމަދު ވަނީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ހޯއްދަވާފައެވެ.

 

1 ކޮމެންޓް
ާއަހުމަދުެ
އޭޕްރީލް 2, 2019
Mee dhen thankedah bonda vara dhahivethi viyas!!!! Mirashi hospitali mi doctor nilaaheka rangalhaah aamunnah hidhumah dheyh hishy emeehah beynun vey hushihey equipment akaai Ekee. Dhen miko feydhoo baakin mi doctorah bonda musaara dheragen hallagen erashash ginigeymey mirashi meehunnah adhi milhi addu meehunnashas koh dhin rangalha kamakah mikan theba vey??? Balaah balenafaleu dhen mi doctorah dhakkaah kithah laari afirin heydha keraah jeheyheh. Mee eggothakashas rangalha kamah nunaau beneveyney!!!!