English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ބާރު ލިވަޕޫލް ދޫކޮށް އެއްވެސް އެހެން ޓީމަކަށް ދިއުމުގެ ވިސްނުމެއް ނުގެން ގުޅޭކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ލީގުގެ ގަދަ ބާރު ޓޮޓެންހަމް 2-1 ލަނޑުން ބަލިކޮށް 19 އަހަރަށް ފަހު ލިވަޕޫލް ލީގު ހޯދުމުގެ އުންމީދު އައުކޮށްފައިވާއިރު ލިވަޕޫލްއިން ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި ޖަރުމަންގެ ގަދަ ބާރު ބަޔާން ދަނޑުގައި 3-1 އިން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފުރުސަތު ހޯދައިފަ އެވެ.

ލިވަޕޫލްގެ ފަރާތުން މިދިޔަ ސީޒަންތަކުގައި ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ލިވަޕޫލްއިން ވަނީ ކްލޮޕް އެކުލަބާއި ގުޅުނުފަހުން ޗެމްޕއިންސް ލީގުގެ ފައިނަލުން މިދިޔަ ސީޒަންގައި ޖާގަ ހޯދައި ލީގު ހޯދުމާއި ގާތަށް ވެސް ޖެހިލާފައެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލީގު ހޯދަން އެ ޓީމު ވާދަކުރަން ޖެހިފައި އޮތީ މި ވަގުތު މުޅި ދުނިޔޭގައި ވެސް އެންމެ ރަނގަޅު ފޯމެއްގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ސިޓީއާ ކަމަށާއި އެހެން ކަމުން މެޗުތަކުން މޮޅުވެގެން ކުރިއަށްދިއުން މުހިއްމު ކަމަށެވެ.

ކްލޮޕް އިރުތުރަށް ބުނީ ބޭނުމީ ލިވަޕޫލް އާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށާއި ލިވަޕޫލް ދޫކޮށް އެހެން އެއްވެސް ކުލަބްއަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނުގެން ގުޅޭ ކަމަށެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވުމަށް ފަހު ކްލޮޕް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު މިހާތަނަށް ތިން ފައިނަލެއްގައި ކުޅެ ބަލިވެފައިވާއިރު، އެއްވެސް މުބާރާތެއްގެ ތަށްޓެއް ލިބިފައިނުވެ އެވެ.

ކްލޮޕް ބުނީ ތައްޓެ ނުލިބުމުން އޭގެ މާނައަކީ ކުލަބް ދޫކޮށްލުން ނޫން ކަމަށާއި އޭނާ މިހާރު ކުރާ މަސައްކަތަކީ ޓީމެއް ބިނާކުރުމުގެ މަސައްކަތް ކަމަށާއި އެކަން ވަރަށް ރަނގަޅަށް ކުރެވޭ ކަމަށެވެ.

ރޭ ޓޮޓެންހަމް މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކުލޮޕް ބުނީ ބަޔާން މިއުނިކާ ހަވާލުވާން އެނބުރި ޖަރުމަނަށް ނުދާނެ ކަމަށާއި ކުރިއަށްދާނީ ލިވަޕޫލާ އެކު ކަމަށާއި އޭނާ ލިވަޕޫލް ދޫކޮށް ދާނެކަމަށް ދައްކާ ވާހަކަ އަކީ މުޅިން ދޮގު ވާހަކެއް ކަމަށެވެ.