English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތް ގޯލުން މޮޅުވެ ލިވަޕޫލް ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ލީގުގައި ރޭ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ އިތުރު ވަގުތުގައި ޓޮޓެންހަމްގެ ޓޯބީ އަލްޑަވެއިރަލް އަތުން ބައިކޮޅަށް ވަން ގޯލާއި އެކު 2-1 ލަނޑުގެ ތަފާތަކުންނެވެ.

ރޭގެ މި މޮޅާއި އެކު ލިވަޕޫލް 32 މެޗުން 79 ޕޮއިންޓް ހޯދައި ލީގުގެ އެއްވަނަ މަގާމަށް ޖެހިލާފައިވާއިރު ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ 31 މެޗުން ހޯދި 77 ޕޮއިންޓާ އެކު ލީގުގެ ދެވަނަ މަގާމުގައެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމަށް 31 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. މެންޗެސްޓާ ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 31 މެޗުން 61 ޕޮއިންޓާ އެކުގައެވެ. އެހެން ނަމަވެސް މިރޭ ކުޅޭ މެޗުން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ ފަސްވަނާގައި އޮތް އާސެނަލް ތިން ވަނަ އަށް އަރާނެ އެވެ.

ލިވަޕޫލްގެ ދަނޑުގައިި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ދައްކާފައިވާއިރު މިމެޗުގައި ލަވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނިޓްގައި އެންޑީ ރޮބަޓްސަން ނަގައިިދިން ހުރަހަކުން ލިވަޕޫލަށް ލީޑުނަގައިިދިނީ ރޮބާޓޯ ފިރްމީނޯ އެވެ.

ލިވަޕޫލްގެ ފަަރާތުން ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ދައްކައި ލީޑުގައި އޮވެ ހާފް ނިންމާލި ނަމަވެސް ޓޮޓެންހަމްއިން ވަނީ ދެ ވަނަ ހާފުގައި މޮޅަށްކުޅެ މެޗުގެ 70 ވަނަ މިނެޓުއި ލޫކަސް މޯރާގެ ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ލޫކަސް މޯރާގެ ގޯލަށް ފަހަު ޓޮޓެންހަމްއިން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ލިވަޕޫލުން އިތުރު ވަގުތުގައި ދެ ވަނަ ލަނޑެއް ޖަހައި މެޗުން މޮޅުވުމެވެ. މި ގޯލަކީ ޓޮޓެންހަމްގެ ޓޯބީ އަލްޑަވެއިރަލްޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ލީގުގައި ލިވަޕޫލް ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހުގެރޭ ރަށުން ބޭރުގައި ސައުތެމްޓާ ދެކޮޅަށެވެ. އޭގެ ކުރިން ލީގުގެ ދެވަނާގައި އޮތް ސިޓީއިން އަންނަ ބުދަ ދުވަހުގެރޭ ކާޑިފް ސިޓީއާ ދެކޮޅަށް ނުކުންނާނެއެވެ.