ޖަރުމަނު ލީގުގައި ރޭ ވުލްފްސްބާގް 2-0 އިން ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑް އަލުން ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މެޗުން މޮޅުވެ ޑޯޓްމަންޑް އެއް ވަނައިގައި އޮތީ ކުޅުނު 27 މެޗުން 63 ޕޮއިންޓާ އެކު އެވެ.މިއާއި އެކު ރޭ ބަޔާން މިއުނިކް ކުޅުނު މެޗުން ފްރެއިބާގާ 1-1 އިން އެއްވަރުވުމުން ބަޔާން ވަނީ 61 ޕޮއިންޓާ އެކު ލީގުގެ ދެވަނަ މަގާމަށް ވެއްޓިފައެވެ.
ޑޯޓްމަންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޑޯޓްމަންޑްގެ ފަރާތުން ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު އެ ޓީމުން މެޗުގައި ކާމިޔާބު ކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފް ނިމެން ކައިރިވެފައި ވަނިކޮށެވެ.މިގޮތުން ޑޯޓްމަންޑް މޮޅުކޮށްދިނީ ކުރިން ބާސެލޯނާ އާއި ވެލެންސިއާ އަށް ކުޅުނު ފޯވާޑް ޕަކޯ އަލްކަސޭރް އިތުރު ވަގުތުގައި ކާމިޔާބުކުރި ދެ ލަނޑުންނެވެ.
ރޭ އަމިއްލަ ދަނޑުގައި ޑޯޓްމަންޑް ކުޅުނު މުހިންމު މިމެޗުގައި ކެޕްޓަން މާކޯ ރެއުސް ނުކުޅުނީ ދަރިއަކު ލިބުމުގެ ސަބަބުން އާއިލާ އަށް ވަގުތުދޭން އެނާ މިމެޗުގައި ކުޅެފައެ ނުވެއެވެ.
ރޭ ލީގުގައި ކުޅުނު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިޗް އާއި ފްރެއިބާގް ކުޅުނު މެޗު ވަނީ 1-1 ލަނޑުން އެއްވަރުވެފައެވެ. ރޭގެ މިމެޗުގައި ބަޔާން ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ލީޑުނަަގައި ލޫކަސް ހޯލާ ވަނީ ފްރެއިބާގާ މެޗުގެ ލީޑުނަގައި ދީފައެވެ.އެހެން ނަމަވެސް މެޗުގެ 22 ވަނަ މިނިޓްގައި ބަޔާނަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ.