English Edition
Dhivehi Edition
އައްޑޫސިޓީ ކައުންސިލްގެ ބައެއް ކައުންސިލް މެމްބަރުން

ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށާއި އެ ބޭފުޅުންނަށް އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިނިންމުމާ ގުޅިގެން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށް މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 10،000 ރުފިޔާ ލިބޭނެ އެެވެ. އަދި ޑެޕިއުޓީ މޭޔަރުންނަށް މުސާރައިގެ ގޮތުގައި މަހަކު 27،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 8000 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ސިޓީ ކައުންސިލްގައި ހިމެނޭ އެހެން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި މަހަކު 24،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 6000 ރުފިޔާ ލިބޭނެ އެވެ.

ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓު ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މި ރިޕޯޓް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރަ ކުޑަކުރީ ނިމިދިޔަ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެވެ.