English Edition
Dhivehi Edition

ޓީވީޝޯވް އިޝްގްބާޒް އިން ޓިއާގެ ރޯލުން ފެނިގެން ދިޔަ ޓެލެވިޒަން އެކްޓްރެސް ނަވީނާ އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަކޮށްފިއެވެ.

ނަވީނާގެ ފިރިމީހާ ދިންސަޕްރައިޒް ޕާޓީ އެއް ގެ ފޮޓޯ އިންސްޓަގްރަމްގައި ހިއްސާކޮށް ނަވީނާ ވަނީ ބޭބީ ޝަވާ ޕާޓީގެ ފޮޓޯ ތައް ދައްކާލުމަށްފަހު އޭނަ ބަލިވެއިންކަން ފޭނުނަށް ހިއްސާކޮށްފައެވެ. ފޮޓޯގެ ކެޕްޝަންގައި އޭނަވަނީ އޭނަގެ ފިރިމީހާއަށް ޝުކުރު އަދާކޮށް ފިރިމީހާއަކީ ދުނިޔޭގެ އެނެްމެ ބެސްޓް ހަޒްބެންޑް ކަމަށް ބުނެފައެވެ. އަދި ޕާޓީ ރޭވުމުގައި ހަރަކާތް ތެތެރިވި ހުރިހާ މީހުނަށް ޝުކުރު އަދާކޮށް އޭނަވަނީ އަލަތު ދަރިފުޅު މިދުނިޔެއަށް އެންމެ ފުރަތަމަ ނޭވާލާދުވަހަކަށް އޭނަވަނީ ކެތްމަދު ވެފައިކަމަށްވެސް ބުނެފައެވެ.

ނަވީނާ އާއި ދުވަސްވީ ލޯބިވެރިޔާ ކަރަން އާއި ކައިވެނިކުރީ 2017 ވަނަ އަހަރުއެވެ. ދާދި ފަހުން މިދެމީހުންވަނީ ކައިވެނީގެ ސެކަންޑް އެނިވާސަރީ ކުލަގަދަކޮށް ފާހަނގަ ކޮށްފައެވެ.

ނަވީނާ އެންމެ ފަހުން ފެނިގެން ދިޔައީ ސްޓާޕްލަސް އިންދައްކަމުން ދިޔަ މަޝްހޫރު ޝޯވް އިޝްގްބާޒުން ޓިއާގެ ރޯލުންނެވެ. ނަމަވެސް ނަވީނާ ކައިންޏަށް ބްރޭކްނެގުމަށް ފަހު ކުޑަދުވަސް ކޮޅަކު ފެނިލުމަށްފަހު އެޝޯވް ފަހުން ދޫކޮށްލާފައެވެ. އިޝްގް ބާޒް ގެ އިތުރުން ނަވީނާ މިލޭޖަބް ހަމް ތުމްގައި ވެސް މަސައްކަތް ކޮށްފައެވެ.

އިޝްގްބާޒް ފަށާފައިވަނީ 2016 ވަނަ އަހަރެވެ. އެ ސީރީޒަކީ ތިން ބެއިންގެ ހަޔާތުގެ މައްޗައް ހަދާފައިވާ ސީރީޒެކެވެ.