English Edition
Dhivehi Edition

ސްޓާޕްލަސް އިން ދައްކަމުންއަންނަ ޑްރާމާ އިޝްގްބާޒް ގައި އޯމްސިންގް އޮބްރޯއީ ގެ ރޯލުން ފެނިގެންދާ ކުނާލް ޖެއިސިންގް ކައިވެނި ކޮށްފިއެވެ.

ހިންދުސްތާނީ ޓައިމްސް ގައި ރިޕޯޓް ކޮށްފައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކުނާން ކައިވެނިކޮށްފައިވަނީ އޭނާ 5 އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބާރަތީ ކުމާރު އާއެވެ. މީގެ ތިންމަސް ކުރިން މިދެތަރިންވަނީ މުމްބާއީގެ ފައްޅިއެއްގައި އެންގޭޖް ވެފައެވެ. ކައިވެނީގެ ހަފްލާވެސް ބާއްވާފައިވަނީ މުމްބައީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދެތަރިން މީގެ ފަސްއަހަރުކުރިން ދިމާވެފައިވަނީ ކޮމެޑީ ޑްރާމާއެއް ކަމަށްވާ ” ދަ ބަޑީ ޕްރޮޖެކްޓް” ގެ މަސައްކަތް ކުރިއަށް ދިއަ ދުވަސްވަރު އެވެ.

މިދުވަސްވަރަކީ އިންޑިއާގެ ފިލްމް އަދި ޓެލެވިޒަން އިންޑަސްޓްރީ އަށް ވެޑިންގ ސީޒަންއެކެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް، ޕަރިޔްނަކާ ޗޯޕްރާ އާއި ނިކް ޖޯނަސް، މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ އާއި އޭނާގެ ލޯބިވެރިޔާ ގިންނީގެ ކައިވެނި ހިމެނެއެވެ.