English Edition
Dhivehi Edition

ސްޓާޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ސީރީޒް “ޔޭރިޝްތާ ކިޔާކެހެލާތާހޭ” އަށް ބޮޑު ޓްވިސްޓެއް އަންނަން އުޅޭކަމަށް ހަބަރުތައް ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޔޭރިޝްތަ ކިޔާކެހެލާތާހޭގެ ކުރިއަށް އަންނަން އޮތް އެޕިސޯޑްގައި ކްރިތީއާއި ނަކްޝްގެ ކާރު އެކްސިޑެންޓް ވާހަބަރު ކާތިކް އާއި ނާއިރާ އަށް ލިބުމާ އެކު ބަލިވެ އިން ނާއިރާއަށް ބޮޑު ޝޮކެއް ލިބި ބަނޑުގައި ރިއްސަން ފަށައެވެ. އަދި ހޮސްޕިޓަލަށް ނާއިރަ ގެންދިޔު މުން ޑޮކްޓަރުން ނާއިރާ އާއި ދަރިފުޅު ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް ދަފިރުޅު މަރުވެއެވެ.

އަދި އެކްސިޑެންޓްވި ނާއިރާގެ ފަހަރި ކްރިތީ ކޯމާއަކަށް ދިޔަނަމަވެސް ދަރިފުޅު ސަލާމަތްވެއެވެ. އެހެން ކަމުން އެދަރިފުޅު ބެލުމުގެ ހުރިހާ ޒިންމާއެއް ނާއިރާ ނަގައެވެ. މިޓްވިސްޓުން ބެލުންތެރިން ނަށް ބޮޑުހައިރަންކަމެއް ލިބިގެންދާނެކަމަށް ހަބަރުތައް ބުނެއެވެ.

މިޑްރާމާގައި މިހާރު ދައްކަމުންދާ ބައިގައި ނައިރާ،ކާތިކް. ކިރްތީ އަދި ނަކްޝް ވީ ބޭބީ މޫން އަށް ގޮހެވެ. ނަމަވެސް އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ހޮޓަލުން ކިރްތީގެ ކުރީގެ ފިރިމީހާ ކައިވެނި ކުރަންއުޅޭ އަންހެންމީހާ ނޫން އެހެން އަންހެނަކު ގޮވައިގެން އުޅެނިކޮށް މިހަތަރުމީހުން ވަނީ މިކަން ފަޅާއަރުވާލާފައެވެ. އެހާހިސާބުން ކިރްތީގެ ކުރީގެ ފިރިމީހާ ވަނީ ކިރްތީމެން ނަށް އެކަމުގެ ބަދަލުދޭނެ ކަމަށް ބުނެފައެވެ.

ޔޭރިޝްތާ ކިޔާކެހެލާތާހޭ އަކީ 2009 ވަނަ އަހަރުން ފެށިގެން ސްޓާޕްލަސް އިން ދައްކަމުން އަންނަ ޑްރާމާއެކެވެ

 

ޓެގު