English Edition
Dhivehi Edition

އައްޑޫ ސިޓީގެ ދެކުނުން 608 ކިލޯމީޓަރު ދުރަށް ބިން ހެލުމެއް އަތުވެއްޖެ އެވެ.

ރާއްޖެ ގަޑިން މިއަދު ހެނދުނު 8:37 ހާއިރު އައިސްފައިވަނީ 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށް ބިން ހެލުންތަކާ ބެހޭ މައުލޫމާތު ހާމަކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.

ބިން ހެލުން އައިސްފައިވަނީ އަރަބި ކަނޑާއި އިންޑިއާ ކަނޑު ގުޅިފައިވާ ހިސާބުން އުފެދިފައިވާ ކާލްސްބާރގް ރިޖް ހިމެނޭ ސަރަހައްދުން ކަނޑުގެ ބިމުން 10 ކިލޯމީޓަރު އަޑިއަށެވެ.

ބިން ހެލުންތަކާ ބެހޭ މައުލޫމާތު ހާމަކުރާ ފަރާތްތަކުން ބުނާ ގޮތުން މިބިން ހެލުމުގެ އެއް މިނެޓް ކުރިން މިސަރަހައްދަށް ވަނީ 4.8 މެގްނިޓިއުޑްގެ ބިން ހެލުމެއް ވެސް އައިސްފަ އެވެ.

މިއީ އެހާ ބާރުގަދަ ބިންހެލުންތަކަކަށް ނުވާތީ މިކަމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން މާލެ އާއި 1200 ކިލޯމީޓަރު ދުރަށް ވެސް ބިންހެލުމެއް އައިސްފައިވެއެވެ.