English Edition
Dhivehi Edition

އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ވޯޓާސް ލިސްޓްގައި ސޮއިކުރުން މާދަމާއިން ފެށިގެން 3 ދުވަހަށް ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަން އިން ބުނީ ވޯޓާސް ލިސްޓްގައި ސޮއިކުރަން ފަށާނީ މާދަމާ ހެނދުނު 8:30 ގައި ކަމަށެވެ. ވޯޓާސް ލިސްޓްގައި ސޮއިކުރުން އޮންނާނީ އިންތިހާބާ ބެހޭ މަރުކަޒުގެ ޓްރޭނިން ހޯލްގަ އެވެ.

ސޮއިކުރުން ކުރިއަށްދާ ގަޑިތައް
މާޗް 24 ، 8:30 އިން 22:30 އަށް
މާޗް 25، 8:30 އިން 22:30 އަށް
މާޗް 26، 8:30 އިން 15:00 އަށް

މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 86 ވާދަކުރަން ހުށައަޅާފައެވެ . ޖުމްހޫރީ ޕާޓީން 42 ދާއިރާއަކަށް ވާދަކުރަން ފޯމް ހުށަހެޅި ޕީޕީއެމް، ޕީއެންސީ އަދި ޑީއާރްޕީ ކޯލިޝަނުން 50 ދާއިރާއަކަށް ވާދަކުރެއެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ.