English Edition
Dhivehi Edition

އަންނަ މަހު 14 އިން ފެށިގެން ވިސާއާ ނުލައި ތައިލެންޑް އަށް ދެވޭގޮތް އެގައުމުގެ ސަރުކާރުން ހަމަޖައްސައި ދީފިއެވެ. އެގޮތުން ވިސާއާއި ނުލައި އެގައުމަށް ދެވޭނީ އެގައުމަށް ޓޫރިސްޓުން ގެ ގޮތުގައި ދަތުރުކުރާ ދިވެހީންނަށެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ވިސާއާއި ނުލާ އުޅެވޭނީ އެގޮތަށް ގޮސް 1 މަސްދުވަހަށެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކުން ވެސް ވިސާގެ ލުޔެއް ލިބޭތޯ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ތައިލެންޑް އަކީ އޭޝިޔާ ގައި މިހާރު ކުރިއަރާފައިވާ އެއް ގައުމެވެ. ރާއްޖެ އިން ތައިލެންޑް އަށް އެކި ބޭނުންތަކަށް ގިނަ ދިވެހީން އަބަދުވެސް ދަތުރުކުރެއެވެ. މިހާރު ތައިލެންޑަށް ދާ ދިވެހިންނަށް ވިސާގެ ގޮތުގައި ހާހެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ޕާސްޕޯޓްގައި ވިސާ ވެސް ޖަހަން ޖެހެ އެވެ.

ޓެގު