English Edition
Dhivehi Edition

ބޮލީވުޑްގެ ފިލްމް އުފައްދާ ފަންނާނެއް ކަމަށްވާ އަކިވް އަލީ ޕްރޮޑިއުސް ކޮށްފައިވާ ފިލްމް “ދޭ ދޭ ޕިޔާރު ދޭ” ގެ ފަސްޓް ލުކް ދައްކާލައިފިއެވެ.

މިފިލްމްގެ ބަތަލް އަޖޭދޭވްގަންވެސް ވަނީ މި ފިލްމްގެ ޕޯސްޓަރގެ ފޮޓޯއެއް ޓްވިޓަރގައި ޝެއަރކޮށް އާންމުންނަށް ދައްކައިލާފައެވެ. އަޖޭ ޝެއާކުރި ފޮޓޯގެ ކެޕްޝަގައި “ޑޯންޓް ޓްރައި ދިސް އެޓް ހޯމް”އޭ ލިޔެފައި ވެއެވެ.

ރޮމޭންޓިކް ކޮމެޑީ ފިލްމް ދޭދޭ ޕިޔާރު ދޭ ގެ ޕޯސްޓަރ އާންމުކޮށްފައި ވާއިރު އެޕޯސްޓަރުން ފެނިގެންދަނީ އަޖޭދޭވްގަން ދެކާރުމަތީގައި ދެފައި އަޅައިގެން ހުންނަ މަންޒަރެވެ. އަދި ދެކާރުގައި އިށީންދެގެން ފިލްމްގެ ދެ ބަތަލުން ކަމަށްވާ ތާބޫ އަދި ރަކުލް އިންނަ ތަންވެސްފެނެއެވެ.

ހިންދީ ފިލްމް ޕޫލް އޯރު ކާންޓޭގެ މަންޒަރެއް

މި ޕޯސްޓަރު ފެނުމާއެކީ ފޭނުން ބުނަމުން ދަނީ މިއީނުވަދިހަ އަހަރުތަކުގައި އަޖޭ ދެވްގަން ކުޅެފައިވާ މަޝްހޫރު ފިލްމް “ޕޫލް އޯރު ކާންޓޭ” ގައި އޭނަ ހަދާފައި ވާ ސްޓަންޓާ ވައްތަރު ސްޓަންޓެއް ކަމަށެވެ. މިފިލްމްގެ މާބޮޑު ތައާރަފެއް އަދި ލިބިފައި ނުވިނަމަވެސް ޕޯސްޓަރ އާންމު ކުރުމާއި ގުޅިގެން ބައެއްފަރާތްރަކުން ބުނަމުންދަނީ މީގައި ފެނިގެންދާނީ އުމުރުން ދުވަސްވީ އަންހެނަކާއި ޒުވާން އަނެހެނެއްދެކެ އަޖޭ ލޯބިވާ މަންޒަރުކަމަށެވެ. އަދި ޕޯސްޓަރުގެ ބެކްޑޮރްޕް އަށް ބަލާއިރު އެދެ އަންހެނުންނަކީ ދެ ގައުމަކަށް ނިސްބަތްވާ މީހުން ކަމަށްވެސް ފާހަގަކުރެވެއެވެ.

މިއަހަރުގެ މޭއި 17 ވަނަ ދުވަހު މިފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވާއިރު މިފިލްމްގެ ޓްރެއިލާ ދައްކަން ހަމަޖެހިފައިވަނީ އަޖޭދޭވްގަންގެ އުފަންދުވަސް ކަމަށް ވާ އޭޕްރީލް 2 ނަވަ ދުވަހު އެވެ.