ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަވާ ރޮޒެއިނާ އާދަމްގެ ކެމްޕެއިން ޕޯސްޓަރަކުން ރޮޒޭގެ ބޯ ވަކިކޮށްލައިފިއެވެ.
މީދޫ ހުރަސް މަގުގައި ހަރު ކޮށްފައި ހުރި ހަރުކޮށްފައި ހުރި މި ޕޯސްޓަރުގައިވާ ރޮޒޭގެ ބޯ ހުރިތަން ވަނީ އެކީގައި ކަަފާލާއިގެން ގެންގޮސްފައެވެ.
ޕޯސްޓަރު ހަލާކުކޮށްފައިވާ މައްސަލައާއި ގުޅިގެން ރޮޒޭ ވަނީ ވޯޓުލާ މީހުންގެ އަތް ވެސް ތިޔަ ގޮތަށް ކަނޑާލެވޭނެ ހެއްޔޭ ވިދާޅުވެ ސޯޝަލް މީޑިއާގައި ސުވާލުކުރައްވަވާފައެވެ.
“އެ ބިރުވެސް މިހާރު ދައްކައިފި އަޅުގަނޑުގެ ޓީމު މެމްބަރަކަށް މިއީތޯ ވޯޓު ހޯދާ ގޮތަކީ؟ ” ރޮޒޭ ވިދާޅުވިއެވެ.
ޕޯސްޓަރަކުން ރޮޒޭގެ ބޯ ކަނޑާލާފައިވާއިރު މިދިޔަ ހަފްތާގައި ވެސް ވަނީ ރޮޒޭގެ ޕޯސްޓަރެއް ހަލާކުކޮށްލާފައެވެ.
“އިރާލާ ކޮންމެ ޕޯސްޓަރަކަށް އަދި ޖަހާ ކަޅުތެލަކަށް ، މޫނަށް ބުރުވާ ހަޑި ފެނަކަށް ރޮޒޭގެ ހިތްވަރު ބަލި ނުކުރެވޭނެ. އިރާދަ ކުރެއްވިއްޔާ މީދޫ ދާއިރާގެ ގޮނޑި ރޮޒޭއަށް ކާމިޔާބު ކުރެވޭނެ” ރޮޒޭގެ ސަޕޯޓަރަކު ބުނެފައިވެއެވެ.
ރޮޒޭގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވަވާ އިތުރު 2 ކެންޑިޑޭޓުންގެ ކެމްޕެއިން އެއްވެސް ސާމާނަކަށް މިހާތަނަށް ގެއްލުމެއް ދީފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
މިހާރުވެސް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް ގޮނޑި ފުރުއްވަވަމުން ގެންދަވާ ރޮޒޭ އަކީ ދާއިރާއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް މަޖިލިހުގެ ތަޅުމުގައި އަޑުއުފުއްލަވާ ދާއިރާގެ ހައްގުގައި ވަކާލާތު ކުރެއްވެވި މެމްބަރެކެވެ.