English Edition
Dhivehi Edition

މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުން ނުހައްގުން ރައްޔިތުންނަށް ދިން ފްލެޓްތައް ނަންގަވާނޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ ވެށިފަހި މާލެ ޕްރޮގްރާމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ފޯރަމްގެ ތެރެއިންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި “ހިޔާ” މަޝްރޫއުގައި ނުހައްގުން ގިނަ ބަޔަކަށް ފްލެޓްތައް ދީފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. ސަރުކާރުގެ ވެރިންނާއި ޕީޕީއެމްގެ ނުފޫޒުގަދަ ބޭފުޅުންނަށް ފްލެޓްތައް ދީފައިވާ ކަމުގެ ޝަކުވާ ބޮޑެވެ.

ރޭގެ ޖަލްސާގައި މީހަކު ރައީސް ނަޝީދާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ނުހައްގު ފްލެޓްތައް ލިބިފައިވާ މީހުންގެ އަތުން އެ ފްލެޓްތައް ނަގާނެ ކަމަށެވެ.

“ހިޔާ” މަޝްރޫއުގެ ފްލެޓްތައް އަދި އިމާރާތްކޮށް ނުނިމެ އެވެ. އެ ފްލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރާއިރު މި ސަރުކާރުން ވަނީ އެ ތަން ފަރުމާކޮށްފައިވާ ގޮތަކީ އިންސާނުން ދިރިއުޅެން ހެޔޮވާވަރުގެ ފަރުމާއެއް ނޫން ކަމަށް ބުނެފަ އެވެ.