English Edition
Dhivehi Edition

މަޝްހޫރު ގާނޫނީ ވަކީލް އަދި 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ އަލްއުސްތާޒާ ހިސާން ހުސައިންގެ މައްޗަށް ތުހުމަތުކުރާ މައްސަލަތައް އޭނާ ދޮގުކުރައްވައިފި އެވެ.

ވަކީލް ހިސާންގެ މައްޗަށް ތުހުމަތު ކުރަނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ގޭގައި ކިޔަވަން ތިބި ތުޅާދޫގެ ފަސް ކުއްޖަކަށް ޖެއްސުންކޮށް، އެކި ކަހަލަ އަނިޔާތައް ކުރިކަމުގެ ތުހުމަތެވެ. އޭގެ ތެރެއިން އެކަކު ވަނީ އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް ގެންނެވުމަށް އެ މަނިކުފާނަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެގޮތުން ރައީސް އަށް ފޮނުވި ސިޓީގައިިވާ ގޮތުން، އުމުރުން ދިހަ އަހަރާއި 16 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ގޮތަށް ހިސާންގެ ގޭގައި ކިޔަވަން ތިބި އިރު، އޭނާ ވަނީ އެ ކުދިން ތިބޭ ކޮޓަރިން ފެނާއި ކަރަންޓު ކަނޑާލައިފަ އެވެ. އަދި ކުދިން ނިދާފައި ތިއްބާ، ކޮޓަރީގެ ފެންލައިޓުން އެއް ފޫޓުގެ އެޅިގަލެއް ވެސް ކޮޓަރިތެރެއަށް އެއްލި ކަމަށާއި ކޮޓަރީގެ ތަޅު ހަލާކުކޮށްލުމާ ގުޅިގެން ހަތް ފަހަރު ތަޅު ބަދަލުކުރަން ޖެހުނު ކަމަށް ތުހުމަތުކޮށްފައި ވެ އެވެ.

ހިސާން، އެ ތުހުމަތުތައް ދޮގު ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ދުވަހަކު ވެސް ކުޑަކުއްޖަކަށް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށެވެ.