English Edition
Dhivehi Edition

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އައްޑޫސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން އޭއޯނިއުސް އިން އިޝްތިހާރު ކުރާނެ ކެންޑިޑޭޓަކަށް މުޙައްމަދު އަސްލަމް ހަމަޖައްސައިފިއެވެ.

ހިތަދޫ އުތުރު ދާއިރާއިން އެމްޑީޕީގެ ޓިކެޓްގައި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަވާ އަސްލަމަކީ މިހާރު ވެސް އެ ދާއިރާގެ ގޮނޑި ތަމްސީލު ކުރައްވަވާ ދާއިރާއަށް މެމްބަރެވެ. އަސްލަމް ފާހަގަކޮށްލެވެނީ މަޖިލިހުގައި 15 އަހަރުވަންދެން މަސައްކަތް ކުރެއްވެވި ތަޖުރިބާކާރު މެމްބަރެއްގެ ގޮތުގައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަވައި ބޮޑު ތަފާތަކުން ޓިކެޓް ކާމިޔާބު ކުރެއްވެވި އަސްލަމް އަށް ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ޞޯލިޙް އާއި ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ތާއީދު ކުރައްވަވާ ވާހަކަފުޅު ދައްކަވާފައެވެ.

ނިމިގެންދިޔަ ދައުރުތަކުގައި އަސްލަމް ފާހަގަކޮށްލެވެނީ ދާއިރާގެ އިތުރުން ގައުމީ ބޮޑެތި ކަންތައްތަކުގައި މަޖިލިހުގެ ތެރެއިން މަސައްކަތް ކުރައްވަވާ ގިނަ ބިލްތަކެއް ފާސް ކުރުމުގައި އިސް ދައުރެއް އަދާކުރެއްވެވި އަދި މަޖިލިހުގެ ގިނަ ކޮމެޓީތަކެއްގައި މަސައްކަތް ކުރައްވަވާ މަޖިލިހުގެ މަސައްކަތް ދެނެލައްވަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ވަކިން ބޮޑަށް އެމްޑީޕީއަށް ވަފާތެރި މެމްބަރެއްގެ ގޮތުގައި އަސްލަމް ފާހަގަކޮށްލެވެއެވެ.

މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ޕްރޮމޯޓް ކޮށް ދިނުމަށް އޭއޯ ނިއުސް އިން ފުރުސަތު ހުޅުވާލާ، ކޮންމެ ދާއިރާއަކުން އެއް ކެންޑިޑޭޓަކަށް ފުރުސަތު ދޭ ގޮތަށް ވަނީ ނިންމާފައެވެ. މިގޮތުން އޭއޯ ނިއުސް އިން މަޖިލިސް އިންތިޚާބަށް މިވަގުތު އިޝްތިހާރުކޮށް ޕްރޮމޯޓް ކޮށްދޭ ކެންޑިޑޭޓުންގެ ތެރޭގައި އައްޑޫ މީދޫ ދާއިރާއިން ރޮޒެއިނާ އާދަމް، ހުޅުދޫ ދާއިރާއިން މުޙައްމަދު ޝާހިދު، ފޭދޫ ދާއިރާއިން އިބްރާހިމް މުޙައްމަދު ދީދީ، ހިތަދޫ ދެކުނު ދާއިރާއިން އިބްރާހިމް ނާޒިލް ހިމެނެއެވެ.