English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 20 މާރިޗް 2019 އިން 23 މާރިޗް 2019 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުންނ ހުޅުވާލާފިއެވެ.

އިސީ އިން ބުނީ ކެންޑިޑޭޓުން ސޮއި ކުރުމުގެ އިންތިޒާމުތައް އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށް ހަމަޖެހިފައިވާނެކަމަށެވެ.. އަދި ހުކުރު ދުވަހު މެންދުރު ފަހު 02:30 އިން ރޭގަނޑު 22:00 އަށް ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އީސީ އިންވަނީ ބުނެފައެވެ.

މީގެ އިތުރުން އީސީ އިން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެކަމަށެވެ.

ސިޔާސީ ޕާޓީއަކުން ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ފަރާތުން، އެޕާޓީއަކުން އައްޔަންކުރައްވާ ފަރާތް ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖެހި ސިޓީއެއް ގެންނަންޖެހޭނެކަމަށް އީސީ އިން ވަނީ ބުނެފައެވެ.