English Edition
Dhivehi Edition
ފޮޓޯ:ސޯޝަލް މީޑިއާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މީދޫ ދާއިރާއިން ވާދަކުރައްވަވާ އެމްޑީޕީ ކެންޑިޑޭޓް ރޮޒައިނާ އާދަމްގެ ކެމްޕެއިން ޕޯސްޓަރެއްގައި ކަަޓަރުއަޅައި ޕޯސްޓަރު ހަލާކުކޮށްލައިފިއެވެ.

މީދޫ ޖެޓީ ސަރަހައްދުގައި ހަރުކޮށްފައި ހުރި އެޖެންޑާ 19 ޕޯސްޓަރގައި ކަަޓަރު އެޅީ އިއްޔެރޭ ދަންވަރުކަމަށް ރޮޒައިނާގެ ކެމްޕައިން ޓީމުންވަނީ ބުނެފައެވެ. ރޮޒައިނާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ މި ކަމާއި ގުޅިގެން އެއްވެސް ކެންޑިޑޭޓެއްގެ އެއްވެސް ޕޯސްޓަރަކަށް ރޮޒޭގެ ކެމްޕެއިން ޓީމުން ގެއްލުމެއް ނުދިނުމަށް އިލްތިމާޒްކޮށްފައެވެ. “އެހެން މީހުންގެ ކެމްޕައިން މެޓީރިއަލްސްތައް ހަލާކު ކުރުމަކީ ގާނޫނީ ކުށެށް.”އެ ޕޯސްޓުގައި ބުނެފައިވެއެވެ.

19 ވަނަ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ރޮޒއިނާ ވާދަކުރައްވަވާއިރު ދެން އެދާއިރާއިން ވާދަކުރައްވަވަނީ ޖޭޕީގެ ފަރާތުން ފަރުހާދު އާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އަބްދުއް ރަހްމާންއެވެ.

ޓެގު