English Edition
Dhivehi Edition

މިދިޔަ ހުކުރު ދުވަހު ނިއުޒީލޭންޑްގެ އަލްނޫރު މިސްކިތަށް ވަދެ އޮސްޓްރޭލިއާގެ ހައްދު ފަހަނަޅާފައިވާ “ޓެރަރިސްޓް” ބްރެންޓޮން ޓަރެންޓު 28، މިސްކިތަށް ބަޑި ހިފައިގެން ވަނުމާއެކު އެންމެ ފުރަތަމަ ދިމާވީ މީހާވަނީ އޭނައަށް ސަލާންގޮވާ ފައި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ވަނީ ޓެރަރިސްޓްއަށް “ހެލޯ ބްރަދާ” އޭގޮވައި ސަލާން ގޮވާފައިވާމީހާ އަކީ ހީރޯއެއް ކަމަށްބުނެފައެވެ. 49 މުސްލިމުން ޝަހީދު ކޮށްލި ޓެރަރިސްޓް އެ އަނިޔާވެރި ހަމަލާ އޭނަގެ ފޭސްބުކްގައި ލައިވްސްޓްރީމް ކުރަމުންދިޔައިރު ފެންނަ ގޮތުގައި އޭނައާއި މިސްކިތްތެރޭން އެންމެ ފުރަތަމަ ދިމާވެ ސަލާންގޮވި މީހާ ހަމަ ފެނުމާއި އެކު ބަޑިޖަހާޝަހީދުކޮށްލައެވެ. އެއްވެސް ރަހުމެއްނެތި މިސްކިތުގައި ތިބި މީހުންގެ ގަޔަށް ޓެރަރިސްޓް ބަޑި ޖަހަމުން ދިޔަ އިރު ބައެއްމީހުން އެހަމަލާ ސިފަކޮށްފައި ވަނީ ގޭމަކާއެވެ. މިސްކިތް ތެރޭގައި އެތައްބަޔަކު ރޮމުން ދިޔައިރު ބްރެންޓޮން ދިޔައީ ވެއްޓިފައި ތިބިމީހުން ގަޔަށް ހުއްޓުމެއްނެތި ބަދި ޖަހަމުންނެވެ.

ދޮން ނަސްލުގެ މީހުން އިސްވާނެ ކަމަށް ދައުވާކުރާ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ބުނާ އޮސްޓްރޭލިއާގެ ހައްދުފަހަނަޅާފައިވާ މި ޓެރަރިސްޓް ވަނީ އެއަމަލު ހިންގުމުގެ ކުރިން މުސްލިމުންގެ ސަބަބުން ހުޅަނގުގައި ދިރިއުޅޭމީހުންނަށް ބިރުއެބައޮތް ކަމަށާއި މިމީހުން ޤައުމަށް އެތެރެވިޔަ ނުދީ ހުއްޓުވަން ޖެހޭނެކަމަށް ބުނެ ލިޔެފައިވާ ލިޔުމެއް ޓްވިޓާގައި ހިއްސާކޮށްފައެވެ. ނިއުޒީލޭންޑްގެ ބައެއް މީޑިއާތަކުގައި ބުނެފައިވާގޮތުގައި ބްރެންޓޮން މި ހަމަލާދިނުމަށް ތައްޔާރު ވަމުންދާތާ ހަތަރު މަސްވެދާނެކަމަށް އޭނާބުނެފައިވާކަމަށެވެ.

ލައިވްކޮށްދެއްކި މިހަމާލާގައި މިސްކިތުގައި ތިބި އެތައްބައެއްގެ ގަޔަށް އެމީހުން މަރުވިކަން ކަށަވަރުވަންދެން ބަޑިޖަހާތަން ފެނެއެވެ. އެއަށްފަހު ޓެރަރިސްޓް ބޭރަށް ނިކުމެ މަގުމަތީގައި ފުރޮޅުލީ ގޮޑިއެއްގައި އިން ފިރިމީހާ އާއެކު ހުރި އަންހެނަކު ބިންމަތީގައި އޮވެ އެހީއަށް އެދި ގޮވަމުން ދިޔައިރު އޭނަގެ ބޮލަށް ދެފަހަރު ބަޑި ޖެހުމަށްފަހު އޭނަގެ މަރުވެފައިވާ ހަށިގަނޑު މަތިން ކާރު ދުއްވާލައެވެ. ކާރުގައި ދިޔަމަގުމަތީގައިވެސް ކާރުގެ ތެރޭން އިތުރު މީހަކަށް ހަމަލާދޭތަން ވީޑިއޯގައި ފެނެއެވެ.

މި ހަމަލާތަކުގައި 49 މުސްލިމުން ޝަހީދުވެ 48 އަށްމީހުން ޒަހަމްވެފައި ވެއެވެ. ޝަހީދުވި މީހުންގެ ގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

އިއްޔެގެ މިހަމަލާއަށްފަހު ނިއުޒީލޭންޑް ގެ އިތުރު މިސްކިތަކަށްވެސް ޓެރަރިސްޓަކު ވަނީ ބަޑީގެ ހަމަލާ ދީފައެވެ. މިހަމަލާތަކުގައި ބައިވެރިވީ 2 ފިރިހެނުންނާއި އަންހެނަކު ހައްޔަރު ކޮށްފައި ވާކަމަށް ނިއުޒީލޭންޑް ގެ ފުލުހުން ބުނެއެވެ.