English Edition
Dhivehi Edition

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ފޭދޫ ދާއިރާއިން ވާދަކުރައްވަވާ އެއް ކެންޑިޑޭޓް ކަމަށްވާ އިބްރާހިމް ދީދީ (އައިބީ) ގެ ކެމްޕެއިން ޕޯސްޓަރެއްގައި ކަަޓަރުއަޅައި ޕޯސްޓަރު ހަލާކުކޮށްލައިފިއެވެ.

މަރަދޫފޭދޫ ކޮޅުން ބޮޑުމަގާ ވީ ސަރަހައްދުގައި ހަރުކޮށްފައި ހުރި ޕޯސްޓަރގައި ކަަޓަރު އެޅީ މިއަދު ހަވީރު ކަމަށް އައިބީގެ ކެމްޕެއިން އޮފީހުން މައުލޫމާތު ދެއްވައެވެ.

“އެންމެންގެ ކުރިމަތީގައި އެމީހަކު އެކަމެއް ކުރީ. މި ދާއިރާއަށް 2 ކެންޑިޑޭޓުން ވާދަކުރާއިރު އެއީ އަނެއް ފަޅީގެ ސަޕޯޓަރެއްކަން އެނގެނީ. ބުނެވޭނީ މިއީ އައިބީގެ ކެމްޕެއިނަށް ހުރަސް އެޅުން ކަމަށް . ކޮންމެ މީހަކަށް ވެސް ހަމަހަމަކަމާއެކު ކެމްޕެއިން ކުރުމުގެ މިނިވަންކަން ލިބިފައި އޮންނަން ވާނެ ކަމަށް ގަބޫލު ކުރަނީ ” އައިބީގެ ކެމްޕެއިން ޓީމުން ބުނެއެވެ.

ކެމްޕެއިން ޓީމުން ބުނީ ކެންޑިޑޭޓުންގެ ކެމްޕެއިން ކަންކަމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި މިއީ ސަރުކާރުން ކުރުވި ކަމެއް ނޫންކަން ޔަގީންވާ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވާދަވެރި ކެމްޕެއިން ތަކެއް ރަށުގެ ތެރޭގައި ކުރިއަށް ގެންދިޔަ ނަމަވެސް އެކަކު އަނެކެއްްގެ ކެމްޕެއިން މެޓީރިއަލް ތަކަށް މިފަދަ އިން ގެއްލުން ދީ ކަންތައްތަކެއް ނުކުރާ ކަމަށް އައިބީގެ ޓީމުން ވަނީ ބުނެފައެވެ.

19 ވަނަ މަޖިލިހަށް މުޅިން އަމިއްލަ ގޮތުން އައިބީ ވާދަކުރައްވަވާއިރު ދެން އެދާއިރާއިން ވާދަކުރައްވަވަނީ އެމްޑީޕީގެ ކެންޑިޑޭޓް ނިހާދެވެ.