English Edition
Dhivehi Edition

އައްޑޫސިޓީގެ ފޭދޫން މިފަހަރުވެސް މަޖިލިހުގެ ގޮނޑިއަށް ހޮވާނީ މިހާރުވެސް އެ މަގާމު ފުރުއްވަވަމުން ގެންދަވާ އިބްރާހިމް ދީދީ (އައިބީ) ކަމަށް ސަޕޯޓަރުން ބުނެފިއެވެ.

ވާދަވެރި ކެމްޕެއިން ހަރަކާތްތަކެއް ފޯރީގައި ކުރަމުން ދާއިރު އައިބީ ގެ ސަޕޯޓަރުން ބުނީ ވޭތުވެދިޔަ 5 އަހަރު އައްޑޫގެ ހުރިހާ ދާއިރާތަކަކަށް ބަލާއިރު އެންމެ ބޮޑު ތަރައްގީ އާއި ކުރިއެރުން ލިބިގެން ދިޔައީ ފޭދޫއަށްކަން ފޭދޫގެ ހުރިހާ ރައްޔިތުން ގަބޫލު ކުރާކަމަށެވެ.

“އައްޑޫގެ 7 ދާއިރާ އޮތް އިރު ބަލާބަލަ މިހާގިނަ ޕްރޮޖެކްޓްތައް ހިންގުނު އެއްވެސް ތަނެއް އޮތްތޯ. ކޮންމެ ދާއިރާއެއްގައި ވެސް މެމްބަރުން ތިބި. މީގެ ކުރިން ވެސް ފޭދޫގައި މަޖިލިސް މެމްބަރުން ތިބި. އެކަމަކު ފާއިތުވެދިޔަ 5 އަހަރު ފަދަ ރަން ފަސް އަހަރެއް ފޭދޫ އަކަށް ނާދޭ” އައިބީގެ ސަޕޯޓަރަކު ކިޔައިދިނެވެ.

ވޭތުވެދިޔަ 5 އަަހަރު ފޭދޫގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު އޮޅުވާލުމެއް ކަމަށާއި ނިމިގެން މިދާ 5 އަހަރު އައްޑޫގެ ހުރިހާ ރައްޔިތުންގެ ތެރެއިން އެންމެ އުފަލުން ތިބީ ފޭދޫގެ ރައްޔިތުން ކަަމަށް އެހެން ސަޕޯޓަރަކު ބުންޏެވެ.

“ފޭދޫގައި ސިއްހީ ނިޒާމު ރަނގަޅެއް ނޫނޭ ބުނާއިރު ފޭދޫގައި މިހާރުވެސް ދެ ކްލިނިކު އެބަހުރި. އެންމެ ޒަމާނީ ޚިދުމަތް އެބަދެވޭ އެތަންތަނުން. ފޭދޫ ސްކޫލް ވަރުގެ ބޮޑު ރީތި ސްކޫލެއް އައްޑޫގައި ނެތް. އެ ސްކޫލުގައި ނޫނީ ދަރިވަރުން ބޭނުންކުރާނެ އަމިއްލަ ބަހެއް އެއްވެސް ސްކޫލެއްގައި ނެތް. ފޭދޫ ބަނދަރު ހެދި އައްޑޫގެ ހުރިހާ ރަށަކަށް ދަތުރުފަތުރު ކުރާ މީހުން ފުރަައި ލަފައި މިހަދަނީ ފޭދޫއަށް. މީގެ ކުރިން ވާރޭ ވެހިއްޖެއްޔާ މިރަށުގެ މީހުންނަށް ގިނަ ދަތިތަކާ ކުރިމަތިވޭ. މިހާރު އެކަން އެއޮތީ ހައްލުވެފައި. ނަރުދަމާގެ ނިޒާމާއި ސާފުބޯފެނުގެ ނިޒާމު ގާއިމު ކުރެވިފައި . މިހުރިހާ ކަމެއް މިވީ 5 އަހަރުގައި. އެވަރުންވެސް ތިބެންވީ ބިރުވެރިކަމެއްގައި؟ މިހެންވެ އަދިވެސް ބޭނުމީ އައިބީ. އިތުރު ދައުރަކަށް އައިބީ ހޮވިއްޖެއްޔާ ފޭދޫ އަކީ އައްޑޫގައި އޮތް އެންމެ ތަރައްގީ އެންމެ މުއްސަނދި ތަނަށް ވެގެންދާނެ” އައިިބީގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވުމަށް ގޮސް ހުރި ޒުވާން ކުއްޖަކު ކިޔައިދިނެވެ.

އައިބީގެ ސަޕޯޓަރުން ގަބޫލު ކުރާގޮތުގައި ސިޔާސީ ފިކުރުގައި ޖެހިގެން ވަކި ކޮޅަކަށް ބަޔަކު ސަޕޯޓް ކުރާ ކަމަށް ދެއްކި ނަމަވެސް އައިބީ ފޭދޫއަށް ގެނެސްދެއްވެވި ތަރައްގީ ފޭދޫގެ ހުރިހާ ރައްޔިތުން ބަލައިގަންނަ ކަމަށެވެ.

“މިހާރު މިއޮންނަނީ ސިޔާސީ ފިކުރު. މީހަކު ކޮށްދީފައިވާ ކަމަކަށް ބައެެއް މީހުން ބަލައެއް ނުލާ. ކުރިން ވެސް ކުރިމީހާ ދެންވެސް ކޮށްދޭނީ. އެހެންވީމާ އަހަރެމެން ބޭނުންވަނީ ކެންޑިޑޭޓް ނަމްބަރު 1 އައިބީ ހޮވަން” އެހެން ސަޕޯޓަރަކު ކިޔައިދިނެވެ.

18 ވަނަ ރައްޔިތުންގެ މަޖިލިހުގައި އައިބީ ފާހަގަކޮށްލެވެނީ ހާޒިރީއަށް ފަރުވާތެރިވި އަދި މަޖިލިހުގައި ރިވެތި ސުލޫކެއް ދައްކަވައި ދާއިރާގެ ހައްގުގައި ގިނަ މަސައްކަތް ތަކެއް ކުރެއްވެވި ހީވާގި މެމްބަރެއްގެ ގޮތުގައެވެ.