ކަރީނާ ކަޕޫރުޚާން އާއި ސައިފް އަލީ ޚާން ގެ ދަރިފުޅު ތައިމޫރު އަލީ ޚާން އަކީ ބޮލީވުޑްގެ ތަރިންނަށް ވުރެންވެސް މީޑިއާގައި މަޝްހޫރު ކަން ހޯދަމުން އަންނަ ކުއްޖެކެވެ. ތައިމޫރު އުފަން ވުމާއެކު މުޅި މީޑިއާ ވަނީ ތުއްތު ތައިމޫރަށް ހުއްޓިފައެވެ. އެގޮތުން ތައިމޫރު ދާހައިތަނަކާއި އަޅާހެދުމުގެ ސްޓައިލް ވެސް ވަނީ މީޑިއާގެ ފަލަ ސުރުހީ ތަކަށް އަރާފައެވެ. ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންގެ ދަރީންނަށް ވުރެ ތައިމޫރުގެ މަޝްހޫރުކަން ބޮޑެވެ.
އުމުރުން އެންމެ ދެއަހަރުގެ ތައިމޫރު ކޮންމެތަނަކަށް ދިޔަޔަސް އޭނަގެ ނެނީ ފެނެއެވެ. ނެނީ ތައިމޫރް އާއެއްކޮށް އަބަދު ފެންނާތީ އާއި އެހާބުރަކޮށް އުޅޭތީ އޭނަގެ މުސާރަ އަކީ ކިހާވަރެއްތޯ ބަލަން އަބަދުވެސް ތިބެނީ ބޭނުންވެފައެވެ. މިސުވާލާށް ދާދި ފަހުން ކަޕޫރް އާއިލާގެ ގާތްމީހަކު ވަނީ ޖަވާބުދީފައެވެ.
ވެބްސައިޓެއްގައި ލިޔެފައިވާ ރިޕޯޓެއްގައި ކަޕޫރުއާއިލާގެ ގާތް މީހަކު ބުނެފައިވަނީ، ތައިމޫރު ގެ ނެނީއަކީ ތައިމޫރު ކޮންމެ ތަނަކަށް ދިޔަޔަސްއެކީގައި ދަތުރުކޮށް އަދި ގިނަވަގުތު އެކުއްޖާ އާއެއްކޮށް ހެދަކުރާ މީހެއްކަމަށެވެ. އަދި ތައިމޫރު ދާންޖެހޭ ތަންތަނަށް ގެންދިޔުމަށް ނެނީއާއިވަނީ ޑްރައިވަރަކާއެކު ކާރެއްވެސް ހަވާލުކޮށްފައެވެ. މިހުރިހާ ކަމެއް ނެނީއަށް ވެސް ފުރިހަމަކޮށްދީފައި އޭނަގެ މުސާރައަކީ ކޮންމެމަހަކު 2-1.5 ލައްކަ އިންޑިއަން ރުޕީސް ކަމަށް އެ ރިޕޯރޓް ގައި ބުނެފައި ވެއެވެ.
އެ ރިޕޯރޓްގައި ބުނެފައިވާގޮތުގައި ކަރީނާ ކަޕޫރު ތައިމުރު ގެ ނެނީ ހޯދާފައިވަނީ ވެސް މުމްބާއީގެ ހައި ޕްރޮފައިލް އޭޖެންސީ އަކުންނެވެ.
ބޮޑުމުސާރައެއް ލިބޭ ތައިމޫރު ގެ ނެނީއަށްވެސް މިހަރު ފޭނުންގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.