English Edition
Dhivehi Edition

މާދަމާއިން ފެށިގެން ސްކޫލް ކުދިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަދި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ބަހުގައި އަދި ފެރީގައި ދަތުރުކުރެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ.

ރީޖަނަލް ޓްރާންސްޕޯޓް ޑިޕާޓްމެންޓުން ނެރުނު އިއުލާނުގައި ބުނީ، އެ ކުންފުނިން ދެމުންދާ އާންމު ފެރީ ދޯނިތަކާއި ބަހުގެ ހިދުމަތްތައް، ސްކޫލް ރަސްމީ ޔުނިފޯމާއި އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރާ ޔނިފޯމްގައި ތިބޭ ދަރިވަރުންނަށް ހިލޭ ލިބޭނެ ކަމަށެވެ. އަދި އައިޑީ ކާޑް ދެއްކުމުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން 2 އަހަރު ނުވާ ކުޑަ ކުދިންނަށްވެސް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެ ޑިޕާޓްމެންޓުންވަނީ ބުނެފައެވެ.

އެމްޕީއެލް އިންވަނީ ފޭދޫ އާއި ހުޅުމީދޫ އަށް ވަޒީފާ އަށް ދާފަރާތް ތަކަށް ސީޒަން ޓިކެޓް ބައްލަވައިގެން ދަތުރު ކުރެވޭނެ އިންތިޒާމް ވެސް މިމަހު 1 އިން ފެށިގެން ހަމަޖައްސައިފައެވެ. ސީޒަންޓިކެޓް ގެ ހިދުމަތަށް އެދިލައްވަން އެކަމަށް އެދިލައްވާ ފޯރމް ހުށަހެޅުމުން އެކަންތައް ހަމަޖެހޭނެއެވެ. ސީޒަންޓިކެޓް ގައި މަހަކު ދެކޮޅަށް ދަތުރު ކުރެވޭ ގެ އަގަކީ 1100ރ އެވެ.