އައްޑޫގެ ހަތް ދާއިރާ އަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޕީޕީއެމްގެ އައްޑޫ ސަޕޯޓަރުން ވެސް ވޯޓު ދޭނެ ކަމާ މެދު ޝައްކު ނުކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ރޭ މަރަދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުންނަށް އައްޑޫ މީހުން ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. މި ގޮތުން ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ އާއި ކުރިއެރުން ގެނެސް ދިނުމުގެ ވިސްނުމުގައި އައްޑޫގައި ހިންގާފައިވާ އެއްވެސް މަޝްރޫއެއް ފެންނަން ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ނަޝީދުވަނީ މިދިޔަ ފަސް އަހަރު އައްޑޫ ސިޓީއަށް އަށް ރައީސް ޔާމީން ކޮށްދެއްވި ކަމަކީ ކޮބައިތޯ ވިދާޅުވެ ރައްޔަތުންނާއި ސުވާލުކުރައްވާފައެވެ. މީގެ އިތުރުން ނަޝީދު ވަނީ އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިހަށް އައްޑޫގެ ދާއިރާތައް ތަމްސީލު ކުރަން އެމްޑީޕީން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް އިދިކޮޅު ޕީޕީއެމްގެ ހުރިހާ ސަޕޯޓަރުން ވެސް ވޯޓު ދިނުމަށް ގޮވާލާފައެވެ.