English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް ފިލްމް ޕްރޮޑިއުސަރަކަށް ވާން ތައްޔާރު ވަމުން އަންނަ ކަމަށް އޭނާ ބުނެފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ ކަރަންޖޯހަރް ގެ ފިލްމް “ސްޓޫޑެންޓް އޮފް ދަ ޔާ” އިން ފިލްމީދާއިރާ އަށް ނިކުތް އުމުރުން 25 އަހަރުގެ އާލިއާ ޕްރޮޑިއުސަރަކަށް ވުމަމަށް ޓަކައި މިހާރު ޕްރޮޑަކްޝަން ހައުސް އެއް ހޯދައިފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ. އަދި އެ ތަނަށް ދީފައިވާ ނަމަކީ” އެޓާނަލް ސަންޝައިންސް ޕްރޮޑަކްޝަންސް ކަމަށްވެސް ހަބަރުތައް ބުނެއެވެ. އާލިއާ ޕްރޮޑިއުސަރަކަށް ވުމަށްފަހު ހަމައެކަނި ޕްރޮޑިއުސް ކުރާނީ އޭނަ ބަލާހިތްވާ ކަހަލަ ފިލްމް ތައް އެކަނި ކަމަށްވެސް އޭނަވަނީ ބުނެފައެވެ.

އާލިއާގެ ބައްޕަ މްހޭޝް ބަޓް އަކީވެސް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެކެވެ. އަދި އާލިއާގެ ދައްތަ ޕޫޖާ ބަޓް އަކީވެސް ފިލްމް ކުޅުމުގެ އިތުރުން ޕްރޮޑިއުސަރެކެވެ.

އާލިއާ މިހާތަނަށް ވަނީ ބޮލީވުޑްގެ ކެރިއާގެ 10 އަހަރުތެރޭގައި ނުވަ ފިލްމުގައި މަސައްކަތް ކޮށްފައެވެ. އޭނަ މިއަހަރު ކުޅޭފުރަތަމަ ފިލްމް “ބްރަމަސްޓްރާ” ގައި ފެނިގެންދާނީ އޭނަގެ ލޯބިވެރިޔާ ރަންބީރް ކަޕޫރާ އެކުގައެވެ. މި ފިލްމް ޕްރޮޑިއުސް ކޮށް ޑައިރެކްޓް ކުރަނީ ކަރަން ޖޯހަރާއި އާޔަން މުކަރުޖީ އެވެ. މި އަހަރު ޑިސެމްބަރ މަހުގެ 20 ވަނަދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ.