English Edition
Dhivehi Edition

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގެ ފަރާތުން އައްޑޫގައި ތައިޗީ ޓްރެއިނަރުންތަމްރީން ކުރުމުގެ ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

މާޗް މަހުގެ 3 ވަނަ ދުވަހުން ފެށިގެން މާޗް 7 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މިއީ މުޅިން ހިލޭ ބައިވެރިވެވޭ ވޯކްޝޮޕެކެވެ.

ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ވޯކްޝޮޕްގައި އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭ ބައިވެރިންނަށް ޗައިނާގައި އެޑްވާންސް ލެވެލް ކޯސް ފުރިހަމަ ކުރުމަށް ފުރުސަތު ދެވިގެންދާނެ ކަމަށް ސީއެމްސީއޭއިން ބުނެއެވެ.

ތައިޗީއަކީ ޔޯގާގައި ކުރިއަށް ގެންދާފަދަ ކަސްރަތު ހަރަކާތްތަކެއް ދަސްކޮށްދިނުމުގެ އިތުރުން ސެލްފް ޑިފެންސް ހަރަކާތްތަކެއްވެސް ހިމެނޭ ޚާއްޞަ ކަސްރަތެކެވެ.

ތައިޗީ ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 7782034 މި ނަމްބަރަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެއެވެ. އަދި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ މެންދުރު 12:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ވޯކްޝޮޕްގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ނަން ހުށަހަޅާ 15 ފަރާތަކަށެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކު މެންދުރު 2:00 އިން ފެށިގެންގެ 4:00 އަށް އީކުއޭޓަރ ވިލެޖްގައެވެ.