އޭޝިއާގައި އެންމެ ކުރިއަރަމުންދާ އިގްތިސާދް އޮންނަ އެއް ޤައުމު އުތުރު ކޮރެއާގެ ލީޑަރ ކިމް ޖުން އުން 4000 ކިލޯ މީޓަރު(2485 މޭލު)ގެ ރެއިލް ދަތުރަކަށްފަހު މިއަދު ވިއެޓްނާމަށް ވަޑައިގެންފިއެވެ.
ކިމްގެ މި ދަތުރު ފުޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލު ވުމަކަށް ކުރަށްވާ ދަތުރުފުޅެކެވެ.
މި ބައްދަލުވުން ވާނީ ނޯތް ކޮރެއާގެ ލީޑަރ ކިމް ޖުން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕްގެ ދެވަނަ ބައްދަލުވުމަށެވެ. މި ދެ ލީޑަރުން ފުރަތަމަ ބައްދަލު ކުރައްވައިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ސިންގަޕޫރު ގައެވެ.
ކިމް ދަތުރު ކުރަމުންދިޔަ ރެއިލް ވިއެޓްނާމުގެ ޑޮންގް ޑަން ރެއިލް ސްޓޭޝަނަށް މަޑުކޮށްލުމުން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުންވަނީ އެސަރަހައްދައް ޖަމާވެފައެވެ. ދަތުރުގެ ބާކީ ބައި ކިމް ފުރިހަމަކުރާނީ ކާރުކޮޅުގައި 170 ކިލޯމީޓަރަށް ދަތުރުކޮށެވެ. މިގޮތުން މިހާރުވަނީ ވިއެޓްނާމުގެ ހަނޯއީ އަށް ކިމް ދަތުރު ފަށާފައެވެ.
ޓުރަމްޕާ އެކު ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި ވިއެޓްނާމުގެ ހަނޯއީގައެވެ. ބައްދަލުވުމަށް މިއަދުގެ ހަވީރުގެ ވަގުތެއްގައި ޓުރަމްޕް ދާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.