English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ވެލި ބަރުކޮށްގެން މާލޭ ހުޅަނގު ބަނދަރާއި ދިމާލު ބޭރުން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއް ބަަންޑުން ޖަހާލައިފި އެވެ.

މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ، “ކުރިމަގު” ނަމަކަށްކިޔާ އެ ދޯނި ބަންޑު ޖަހާލި އިރު އޭގައި ދިވެއްސަކާއި 6 ބިދޭސީން ތިބި ކަމަށެވެ.

މި ދޯނި ބަންޑުން ޖަހާލިކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 08:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެސަރަހައްދަށްގޮސް ހަރަކާތްތެރިވެފައެވެ.

އެމްއެންޑީ އެފް އިން އިތުރަށް ބުނީ، މި ހާދިސާގައި ދޯނިން ދަތުރުކުރި ބިދޭސީއެއްގެ ފަައިގެ ކަށިމަތި ޒަހަމްވެގެން ފަރުވާދީފައިވާއިރު އިތުރު މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މިދޯނީގައި ތިބި މީހުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިހާރުވަނީ މާލެ ގެނެސް ދީފައެވެ.