English Edition
Dhivehi Edition
- ފޮޓޯ: މަންތާ އެއާ

މިދިޔަ ބުރާސްފަތި ދުވަހު އޮޕަރޭޝަންތައް ފެށުމުގެ ހުއްދަ ލިބުނު އާ ޑޮމެސްޓިކް އެއާލައިން މަންތާ އެއާގެ އުދުހުންތައް މިއަދު ފަށައިފިއެވެ.

މަންތާ އެއާގެ ދަތުރުތައް މިއަދު ފަށާފައިވާއިރު އަދި އެ އާލައިނުން ދަތުރުކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޑަހުވަދޫގެ ދާލު އެއާޕޯޓާ ދެމެދުގައެވެ. ރިއާލައި ޕަބްލިޝް ކުރެވިފައިވާ ފިކްސްޑް ޝެޑިއުލް އެއްގެ ދަށުން އެ އާލައިންގެ ދަތުރުތައް ހަމަޖެހިފައިވާއިރު ދުވާލަކު ހަތަރު ފްލައިޓް ބާއްވާ ގޮތަށް މަންތަ އެއާއިން ވަނީ ނިންމާފައެވެ. މިއެއާލައިންގެ ދަތރުތައް ފެށުމާ ގުޅިގެން އަގުހެޔޮ ފެއާ ލިބޭ ޕްރޮމޯޝަނެއް މިއަދުން ފެށިގެން މޭ މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

މި އެއާލައިނުން ބޭނުން ކުރަނީ ATR-72-600 މަރުކާގެ 64 ގޮނޑީގެ ޖާގައިގެ މަތިންދާބޯޓެވެ.މަންތާ އެއާއިން ފަސިންޖަރުންނަށް ދެ ކްލާހެއްގެ ޚިދުމަތް ދިނުމަށް ނިންމާފައިވާއިރު، އެ ޚިދުމަތަށް ނަން ދީފައި ވަނީ “ސެފަޔާ” ކްލާސް އާއި “ކޮމްފޯޓް” ކްލާހުގެ ނަމުންނެވެ.