English Edition
Dhivehi Edition

ރާއްޖޭގެ އެތެރޭގެ ވައިގެ އުދުހުންތަކުގެ ވާދަވެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި މަންތާ އެއާލައިން އިން ރާއްޖޭގައި ސީޕްލޭން ހިދުމަތް ދޭން ނިންމައި އެ އެއާލައިންގެ ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފި އެވެ.

މަންތާ އެއާރގެ ފުރަތަމަ ބޯޓު އިއްޔެ ރާއްޖެ ގެނެސްފައިވާއިރު މިއަދުވެސް އިތުރު އެއް ބޯޓު ގެންނާނެ ކަމަށް އެ އެއާރލައިން އިން ބުނެއެވެ. މަންތާއިން ބުނީ މިއަހަރުގެ ތެރޭގައި އެ ކުންފުނިން އިތުރު ސީޕްލޭން ތައް ރާއްޖެ ގެއްނާނެ ކަމަށެވެ.

މަންތާއިން ރާއްޖޭގައި އެއާލައިން ގެ ހިދުމަށް ދޭން ފެށީ މީގެ ހަމަސް ކުރިންނެވެ. މަންތާއިން ބުނީ އެ އެއާލައިންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10 ސީޕްލޭން އެއާލައިން އޮޕަރޭޓް ކުރުން ކަމަށެވެ. މިހާރު މަންތާއިން ހަމައެކަނި ދަތުރު ކުރަނީ ދ. ކުޑަހުވަދޫގެ ދާލު އެއާޕޯޓަށާއި ބ.ދަރަވަންދޫ އެއާޕޯޓަށެވެ.

މަންތާ ވެގެންދާނީ ރާއްޖޭގައި ސީޕްލޭން ބޭނުންކުރަންފެށި 3 ވަނަ އެއާލައިން އަށެވެ.